Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ އަޅަން ހަކަތައިގެ ބޮޑު ކުންފުންޏަކަށް

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ އަޅަން ހަކަތައިގެ ބޮޑު ކުންފުންޏަކަށް

މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެ ގޮތުން އެސްޓީއޯ އާއި ވިޓޯލް ގުރޫޕާއި ދެމެދު ޓާމް ޝީޓްގައި މިއަދު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހިމެވެ. އަދި ވިޓޯލްގެ ފަރާތުން ވިޓޯލް ގުރޫޕުގެ ޑިރެކްޓާ ޖޭއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެެވެ. އެސްޓީއޯއިން ބުނީ އެ މަޝްރޫ އަކީ ޓުއަރިޒަމް އެކޭ އެއްފަދައިން ދުނިޔޭގެ ވިޔަފާރީގައި ރާއްޖެ ވިދުވާލާނެ މަގްބޫލު ބަންކަރިން ހަބަކަށްވެގެންދާނެއެވެ.

Advertisement
Ooredoo — Square (box)

ވިޓޯލް އާއި އެސްޓީއޯ އިން ސޮއިކުރާ ޓާމް ޝީޓް އަކީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިންގ ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއެ ކުރުމުގެ ކުރިން ސޮއެ ކުރެވޭ ޓާމް ޝީޓްއެކެވެ. އެސްޓީއޯ އާއި ވިޓޯލް އަކީ ވިޔަފާރީގެގޮތުން ވަރަށް ތާރީހީ ގުޅުންތަކެއް އޮންނަ ދެކުންފުންޏެކެވެ.

އެއްބަސްވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާ އަކީ ބަންކަރިން ހިދުމަތް ދިނުމަށް ބޭނުން ވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނާނެ ބާޖް އަށް ސަޕްލައި ކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެ ތެރެއިން ބައިންލްއަގުވާމީ ބަންކަރިގް ހަބް އެއްގޮތުގައި ރާއްޖެ އިޝްތިހާރުކުރުމެވެ.

<img class="aligncenter wp-image-215410 size-full" src="https://cdn.dhen.mv/wp-content/uploads/2024/03/photo1710321449.jpeg" alt="" width="1280" height="720" />

ވިޓޯލްގެ ބްރޭންޑް އާއި، ތަޖުރިބާ އާއި، ތެލުގެ ވިޔަފާރީގެ ގުޅުންތައް ބޭނުން ކޮށްގެން ރާއްޖެ މާރކެޓް ކުރުމުން ރަނގަޅު ނަތީޖާ އެއް ފެންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެސްޓީއޯއިން ބުންޏެވެ. ބޯޓުތަކަށް ބޭނުން ވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ލިބެން ހުންނާނެ، އަދި ޑިމާންޑް އޮތް ކަމުގައި ވާނަމަ، ކުރިއައް އޮތް ތާނގައި އެލްއެންޖީ އަދި ބަޔޯ ފިއުލް ވެސް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ބުންޏެވެ.

ވިޓޯލް އަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތަށް ދުނިޔޭގެ 40 ގައިމެއްގައި ހުންނައިރު އެ ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކައެވެ. އަދި، ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަރ ސަޕްލަޔާ އަދި ސިންގަޕޯރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް