Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު ފަސް ކިލޯގެ ޑްރަގްސް އަތުލައިގަނެފި

ރާއްޖެ އެތެރެކުރަން އުޅުނު ފަސް ކިލޯގެ ޑްރަގްސް އަތުލައިގަނެފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުުޅުނު ފަސް ކިލޯގެ ޑްރަގްސް ފުލުހުން އަތުލައިގަނެފިއެވެ. ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރެއްގައިވާ ގޮތުން މި ކަމެއް ހިނގީ އިއްޔެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 34 އަހަރުގެ ޕާކިސްތާނުގެ ފިރިހެނެކެވެ.

އެ މީހާގެ ދަބަހުން ފަސް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

ކޯޓުން، އެ މީހާގެ ބަންދުގެ މުއްދަތަށް 30 ދުވަސް ޖަހައިފައިވާއިރު ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބަކީ ރާއްޖެއަށް މަސްތުވާތަކެތި ގެނައުމާއި އޭގެ ވިޔަފާރިކުރުމަށް ބައިވެރިވުމެއް އޮތް މީހަކަށް ބެލެވޭތީއެވެ. އަދި އެފަދަ މީހަކު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތަތީވެ އާއި އަދި އޭނާ އަކީ ޕާކިސްތާނުގެ ރައްޔިތަކަށްވެފައި ފިލައިން ދިޔުމުގެ އިހުތިމާލެއްވެސް އޮތުމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް