ޔާމީނަށް ދިން ލުއިތައް ރިވިއު ކުރަން ފަށައިފި
ތަކުރާރުކޮށް ޕެރޯލްގެ ޤާނޫނާ ޚިލާފުވުމުން, ރަށު ބަންދެއްގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީންނަށް ދީފައިވާ ލުއިތައް ރިވިއު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން ނިންމައިފިއެވެ.
ވ. އާރަށުގެ މައްސަލާގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ޔާމީން ރަށު ބަންދަށް ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް އޮކްޓޯބަރު 28 ވަނަ ދުވަހު ލުއިތަކެއް ދީފައިވެއެވެ.
އެއީ އެމަނިކުފާނު އަވަސް އަވަހަށް ބޭސްފަރުވާ ބޭނުންފުޅުވާތީ ކަރެކްޝަންސް އަށް އެންގެވުމަށް ފަހު ބޭސްފަރުވާ ހޯދަން ހޮސްޕިޓަލަށް ވަޑައިގަތުމުގެ ހުއްދަ އާއި ކަސްރަތު ކުރެއްވުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާތީ ފެތުމަށާއި އެހެނިހެން ކަސްރަތު ކުރެއްވުމަށް ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދައެވެ.
ނަމަވެސް ޕެރޯލް ގާނޫނުގެ އިމުގެ ބޭރުން އެއްވެސް ކަމެއް ކުރަން ހުއްދައެއް ދީފައެއް ނުވެއެވެ. އެހެންކަމުން ރަށު ބަންދުގައި ހުރެގެން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުން ވެސް މަނާވާނެއެވެ. ނަމަވެސް ރައީސް ޔާމީން ގެންދަވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ބަންދުގައި ހުންނަވައިގެން އެމަނިކުފާނު އުފައްދަން މަސައްކަތްކުރައްވާ ޕީޕަލްސް ނޭޝަނަލްސް ފްރޮންޓު (ޕީއެންއެފް) ގެ ހަރާތްތަކުގައި ރައީސް ޔާމީން ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
މިއަދު ކަރެކްޝަންގެ މީޑިއާއިން "ދެން"އަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ތަކުރާރުކޮށް ރައީސް ޔާމީން ކަރެކްޝަންސްގެ ޤަވާއިދުތަކާ ޚިލާފުވެފައިވާތީ, އެމަނިކުފާނަށް ދީފައިވާ ލުއިތައް ރިވިއުކުރަން ނިންމާފައިވާ ކަމަށެވެ.
އަވަސް ކުރޭ ގެއިން ބޭރައްނުދެވޭނެ ބޮޑުތަޅު އަޅުއާފަ ނިންމަވާ ލައްވާ ފަރުވާހޯދުމައް އެކަނި ދެވޭނީ
މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރުން އަމިއްލަ ކަށްވަޅު ކޮންނަނީ!