ޚަބަރު އިޖުތިމާޢީ

ދިއްފުއްޓަށް އިތުރު ޖެނެރޭޓަރު ސެޓެއް ގެންގޮސްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ސްޓެލްކޯގެ މައި އޮފީސް އިމާރާތް

ކ. ދިއްފުއްޓަށް ދެމުން އަންނަ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ސްޓޭޓު އިލެކްޓްރޯނިކް ކޮމްޕެނީ (ސްޓޭލްކޯއިން) އެ ރަށަށް އިތުރު ޖެނެރޭޓަރު ސެޓެއް ގެންގޮސްފިއެވެ.

Ads by STELCO
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައ ބުނެފައި ވަނީ މި އަހަރުގެ ޕީކް ސީޒަނާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި، އެ ކުންފުނިން ކ. ދިއްފުށީގައި ދެމުންގެންދާ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، އެ ޚިދުމަތުގެ ޔަގީންކަން ކަށަވަރުކޮށްދިނުމަށް މިއަދު ވަނީ އެ ރަށަށް 6،000 ކިލޯވަޓުގެ ޖަނަރޭޓަރު ސެޓެއް ގެންދެވިފައި ކަމަށެވެ. 
އަދި އެ ޖެނެރޭޓަރަށް ކޮމިޝަންކޮށް މިހާރު ވަނީ ލޯޑަށް ދެވިފައި ކަމަށްވެސް އެ ޕޯސްޓުގައި ވަނ ބުނެފައި އެވެ.
ސްޓެލްކޯއިން އަންނަނީ ރަމަޟާން މަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދެމުން އަންނަ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިއަދު އެ ކުންފުނީގެ އިސް މަގާމުތަށް ފުރުއްވާ ބޭފުޅުން ވަނީ މިނިސްޓާ އޮފް ކްލައިމެޓު ޗޭންޖު އެންވާރޮމެންޓު އެންޑު އެނާޖީ، ތޯރިގު އިބްރާހިމް އާއި އެމްއަބްލިއުއެސްސީ އަދި ފެނަކަ އާއި ބައްދަލުކުރައްވާ މި ކުރިއަށް ދާ ރަމަޟާން މަހުގައި ކަރަންޓާއި ފެން ބިލު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކުރައްވާފައިއެވެ.

ސްޓެލްކޯއިން ދަނީ ކެނޑިނޭޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ލިބޭނެކަން ކަށަވަރު ކުރުމަށްވެސް އެތައް މަސައްކަތެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކުރިއަށް މިއޮތް ހޫނު މޫސުމަށް ތައްޔާރުވުމަށްވެސް އެ ކުންފުނިން ދަނީ ތައްޔާރީތައް ކުރިއަށް ގެންދަމުންނެވެ. މި ތައްޔާރީތަކުގެ ތެރެއިން މިހާތަނަށް ވަނި ޖެނެރޭޓަރުތަކެއް އިންސްޓޯލު ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!