ޚަބަރު އިޖުތިމާޢީ

ބްރިޖުގެ ސުޕަސްޓްރަކްޗާގެ ބައިތައް ގުޅުވާލަން އަންނަ މަހު ފަށާނެ: މިނިސްޓްރީ

ފައިނާ ފާއިޒް ، ދެން އޮންލައިން
ތިލަމާލެ ބްރިޖު

ބްރިޖުގެ ސުޕަރސްޓްރަކްޗަރގެ ބައިތައް ގުޅުވުމުގެ މަސައްކަތް ފެށުމަަށް ތާވަލުކުރެވިފައިވަނީ މި އަންނަ އޭޕްރީލް މަހުކަމަށް މިނިސްޓާ އޮފް ސްޓޭޓު ފޯ ކޮންސްޓްރަކްޝަން އެންޑު އިންފްރާސްޓްރަކްޗާ، އިބްރާހިމް ތޮއާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މިހާރު ކުރިޔަށްއެދަނީ ބްރިޖުގެ ސުޕަރސްޓްރަކްޗަރގެ ޕްރީކާސްޓް ބައިތައް އުފުލައި ގުޅުވުމަށް ބޭނުންކުރާ ޓްރަސްގެ ލޯޑް ޓެސްޓިން މަސައްކަތްކަމަށެވެ. 

އަދި ބްރިޖުގެ ސުޕަރސްޓްރަކްޗަރގެ ބައިތައް ގުޅުވުމުގެ މަސައްކަތް ފެށުމަަށް ތާވަލުކުރެވިފައިވަނީ މި އަންނަ އޭޕްރީލް މަހުގައި ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައިއެވެ. 

މިނިސްޓަރު ތޮއާމް މިފަދައިން ޕޯސްޓު ކުރައްވާފައި ވަނީ ބައެއް ނޫސްތަކުގައު ވިލިމާލެއިން ހިއްކި ސަރަހައްދުގައި ޖަހާފައިވާ ތިލަމާލެ ބްރިޖުގެ ތަނބުތަކަށް ބްރިޖުގެ ސުޕަސްޓްރަކްޗާގެ ބައިތައަ ގުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ބުނަމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކުރީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ބްރިޖުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް 200އެއްހައި ތަނބު ބޭނުންވާއިރު، 80 ވަރަކަށް ތަނބުގެ މަސައްކަތް ވަނީ ނިންމައިލެވިފައެވެ. އަދި ޕައިލްތަކެއް ނިމުމުން، ޕައިލް ކެޕިން މަސައްކަތް ނިންމައި، ތަނބުތަކާއި ސްޓްރަކްޗަރ އަޅަން ފަށާނެކަން އޭރު ވަނީ ހާމަކޮށްފައެވެ.

ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

މީގެ ކުރިން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް އެންމެ ބޭނުންވި ދުވެލީގައި ކުރިއަށް ނުގެންދެވުނުކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!