Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފާޑުކިޔުންތައް ބޮޑުވެ، އެންމެ ފަހުން ޑެޕިއުޓީ މިނިސްޓަރު ނަމްޒާގެ އެކްސް އައިޑީ ޑީއެކްޓިވޭޓް

ފާޑުކިޔުންތައް ބޮޑުވެ، އެންމެ ފަހުން ޑެޕިއުޓީ މިނިސްޓަރު ނަމްޒާގެ އެކްސް އައިޑީ ޑީއެކްޓިވޭޓް
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަލާމާތް ރައްދުވާ ގޮތަށް ދެއްކި ވާހަކަތަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނަމްޒާގެ ރަސްމީ 'އެކްސް' އެކައުންޓު ޑީއެކްޓިވޭޓް ކޮށްފިއެވެ. ނަމްޒާއަށް ފާޑުކިޔުން އަމާޒުވީ ސިލްސިލާކޮށް، ކޮންމެ އަހަރެއްގެ ރަމަޝާން މަހު އޭނާ ހުށަހަޅައިދެމުން އަންނަ ''އިހުސާސް'' ޝޯ ގައި ބައިވެރިވި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކާއި ގުޅޭ ގޮތުންކުރި ސުވާލުތަކާއި ހެދިއެވެ. https://twitter.com/Adamiington/status/1768603645451595890 ''ތަނެއްގައި އަމިއްލަ ބާރުގައި އިށީންދެލައިގެން ނީނދެވޭނެދޯ، ކޮޅަކަށް ނުހުރެވޭނެ ދޯ" އެ ޝޯގައި ބައިވެރިވި ނުޅުދެންތެރިކަން ހުންނަ ކުއްޖެއްގެ މަންމައާ، ނަމްޒާ ސުވާލުކުރާ ވީޑިއޯއެއްގައި ސޯޝަލް މިޑިއާގައި ދައުރުކުރަމުންދާއިރު އާއްމުން ބުނަނީ އެފަދަ ސުވާލުތަކަކީ މަންމަގެ ހިތުގައި ޖެހޭ ފަދަ ސުވާލުތައް ކަމަށެވެ. ''މިއީ އަސްލު ނިކަމެތިންނަށް ގަނާކުރާ ޕްރޮގްރާމެއް ދެން، މިހެން ބުންޏަސް ވާނީ ގޯސް'' ދައުރުވަމުން އަންނަ ވީޑިއޯ އަށް މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ. https://twitter.com/ShahydLegacy/status/1768640517821337653 ''ވިއުސް ހޯދުމުގެ ނިޔަތުގައި ގައުމީ ޓީވީން ބަލައެއް ނުގަނެވޭނެ'' އެކްސްގައި އިނާން ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުންޏެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ވަކާލާތުކުރާ މުއާވިޔަތު މުހައްމަދު ދީދީ (މުތޫ) ވަނީ އެ ޕްރޮގްރާމްގައި ރަނގަޅުކުރަން ޖެހޭ ބައެއް ކަންތައްތައް ފޭސްބުކްގައި ފާހަގަކޮށްފައެވެ.
 ހިތާމަވެރި ރާގު މާގިނައިން ބޭނުންކުރުން: މިގޮތަށް ކަންތައްކުރުމުން ނުކުޅެދުންތެރިކަމަކީ ބޮޑު މުސީބާތެއްކަމަށް ރަމްޒުކޮއްދޭން އުޅޭހެން ހީވޭ. މާ ބޮޑަށް މައިންބަފައިންނަށް އަލިއަޅުވާލުން: މިހެން ހެދުމުން ނިޒާމުގައި ހުރި ގޮންޖެހުންތަކާއި އެމަކުން އަރައިގަނެވިދާނެ މަގުތަކަށް އޮންނަ ފޯކަސް ކުޑަވުން. ހާލުގައި އުޅުން ބޮޑު ކާމިޔާބެއްހެން ދައްކުވައިދިނުން: މިގޮތަށް ކަންކުރުމުން ނިޒާމު ބަދަލުކުރުމަށް ދޭންޖެހޭ އަހައްމިއްޔަތު ކުޑަކޮއްލެވޭ
އޮސްޓްރޭލިއާގައި ތައުލީމު ހާސިލްކުރަމުންދާ މޫތު ބުނީ ހަމަހަމަކަމާއި އެއްބައިވަންތަކަން ކުރިއެރުވުމުގެ ބަދަލުގައި ހަމްދަރުދީވެ ދަށް ބައެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހާ އާއި ދޭތެރޭ ދެކެން ބާރުއަޅާ އެޅުން ރަނގަޅުކުރަން ޖެހޭ ކަމަށެވެ. މުތޫ ބުނީ ފާޑުކިޔުންތައް ހުރި ކަމުގައި ވިޔަސް، އޭގެ ޒާތުގައި އެ ޕްރޮގްރާމަކީ ރަނގަޅު ޕްރޮގްރާމެއް ކަމަށެވެ. ''އުއްމީދަކީ މުސްތަގްބަލުގައި މި ޕްރޮގްރާމް ބައްޓަންވެގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިތުރަށް ބާރުވެރި ކުރުވާ ޒަރިއްޔާއަކަށް ވެގެން ދިޔުން'' އޭނާ ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް