Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެއާކޯ: ތިން ޑްރޯނާއި ދިހަ ސިފައިންނާއެކު ދިވެހި ކަނޑުތައް ބަލަހައްޓަން ދިވެހި ސިފައިން

އެއާކޯ: ތިން ޑްރޯނާއި ދިހަ ސިފައިންނާއެކު ދިވެހި ކަނޑުތައް ބަލަހައްޓަން ދިވެހި ސިފައިން
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ އަސްކަރީ ބާރެއް އުފައްދައި އަސްކަރީ ޑްރޯންތައް ބޭނުންކުރަން މިރޭ ފަށައިފިއެވެ. ''އެއާކޯ'' ގެ ނަން ދީފައިވާ އަސްކަރީ ބާރާއި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތް ތައާރަފްކޮށްދެއްވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި، ރައީސް ޑރ މުހައްމަދު މުއިއްޒެވެ. އެއާކޯ އަށް ''ކުރެވޭ އަމުރުގެ ފަތުގައި'' ރައީސް ވަނީ ސޮއިކުރައްވާފައެވެ. އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް 560 މިލިއަން ރުފިޔާއަށް ތުރުކީން ގަނެފައިވާ ''ބައިރަކްތާރު ޓީބީ2'' ތިން ޑްރޯން ބޭނުންކުރާއިރު، އޮޕަރޭޓް ކުރުމުގައި އެއާކޯގެ 10 އޮފިސަރުން ހަރަކާތްތެރިވާނެއެވެ. އެ ސިފައިން، ތުރުކީން ތަމްރީނު ކޮށްފައިވާއިރު އިތުރު ސިފައިންތަކެއްވެސް ދަނީ ތުރުކީގައި ތަމްރީނު ހޯދަމުންނެވެ. އަސްކަރިއްޔާގެ ބޭނުންކުރާ ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކުގައި 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ގާބިލްކަން ލިބިގެންވެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ އެމްއެންޑީއެފް އޭރިއާ ކޮމާންޑު ތަކުގައި ޔޫއޭވީ އޮޕަރޭޓްކުރާނެއެވެ. މިވަގުތު މި އުޅަނދުފަހަރު އޮޕަރޭޓްކުރަމުން ދާނީ މާފަރު ނޮދަން އޭރިއާ ކޮމާންޑްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ވައިގެ ބަނދަރުގައެވެ. އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ މިރޭ އަކީ ރާއްޖޭގެ އަސްކަރީ ތާރީހުގައި ރަން އަކުރުން ބިންވަޅު ނެގިގެންދާނެ ހާއްސަ ރެެއެއް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެއާކޯގެ މައިގަނޑު މަގްސަދަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމުގެ އިތުރުން މަސްވެރިންނާއި ދަތުރުވެރިންނަށް އެހީވުން ކަމަށެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެމްއެންޑީއެފްގެ ކޮމްބެޓް އެންޑް މެނުއަލް ފޯހެއްގެ ގޮތުގައި އެއާކޯ އުފެދިގެން މިދަނީ ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިގެން އެންމެ މަތީވެރިޔާ ޑރ މުއިއްޒުގެ ގައުމީ އަދި އިސްތިރާޖީ ވިސްނުންފުޅާއި އެއްގޮތަށް.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއި އެކު ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އުފެއްދުމުގެ ތަސައްވަރަކީ ސީދާ ރައީސްގެ ވިސްނުންފުޅެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް