''އިހުސާސް'' ޕްރޮގްރާމްގައި ނަމްޒާގެ ބަސްމަގު ރަނގަޅެއް ނޫން: ޕީއެސްއެމް

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ދައުލަތުގެ މީޑިއާ, ޕީއެސްއެމް އިން ގެނެސްދޭ "އިހުސާސް" ޕްރޮގްރާމް ހުށަހަޅައިދޭ ޖެންޑާ މިނިސްޓްރީގެ ނައިބު އައިމިނަތު ނަމްޒާގެ ބަސްމަގު ހުރީ ރަނގަޅަށް ނޫން ކަމަށް އެ ކުންފުނިން މިއަދު އެއްބަސްވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ރަމަޝާން މަހު ޕީއެސްއެމްއިން ސިލްސިލާކޮށް ކުރިއަށްގެންދާ އިހުސާސް ޕްރޮގްރާމް ކުރިއަށް ގެންދާތާ މިއީ ހަތަރު ވަނަ އަހަރެވެ.
މި ރޯދަ މަހުގެ ފުރަތަމަ އެޕިސޯޑުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކާއި ނަމްޒާ ކުރި ސުވާލުތަކާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމްޒާގެ ބަސްމަގު ހުންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ''ހިތުގައި ޖައްސާ'' ގޮތަށް ކަމަށް ޝޯޝަލް މީޑިއާގެ ޕޯސްޓުތަކުގައި ކޮމެންޓުކުރި މީހުން ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބުދަ ދުވަހުގެ ރޭ ދެއްކި ޕްރޮގްރާމްގައި ރަނގަޅުކުރަން ފާހަގަކުރެވުނު ކަންތައްތަކާއި ގުޅޭ ގޮތުން ކުންފުނީގެ ވެރިންގެ މެދުގައި ބައްދަލުވުމެއްގައި ބާއްވައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި އެޕިސޯޑުގައި ބޭނުންކުރެވުނު ބަސްމަގު ބޭނުންކުރެވިފައިވަނީ އެންމެ އެދެވޭ 'ނެރޭޓިވް' ނޫން ކަމަށް މި ކުންފުނިން ދެެކެމެވެއެ ޕްރޮގްރާމްގެ މައްސަލަ ބޮޑުވެ ފާޑުކިޔުން އަމާޒުވިތާ ތިން ދުވަސް ފަހުން ނެރުނު ބަޔާނުގައި ބުނީ ކުރިއަށް އޮތް ތަނުގައި ސެންސެޓިވް ކޮންޓެންޓް، ހާއްސަކޮށްގެން ގެނެސްދެވޭ އެޕިސޯޑުތައް ބްރޯޑްކާސްޓް ކުރެވޭނީ ކޮންޓެންޓް ކޮމިޓީން ފުރިހަމަ އަށް ބެލުމަށްފަހު ރަނގަޅުކުރަން ހުރި ކަންތައް ރަނގަޅު ކުރުމަށް ފަހު ކަމަށެވެ. އެ ޕްރޮގްރާމްގެ މަގްސަދަކީ މުހިއްމު މައުލޫތަކަށް މުޖުތަމައު ހޭލުންތެރިކުރުމާއި ފަރުދުންގެ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިން ކަމަށްވާއިރު އެ ކުންފުނިން މަސައްކަތްކުރަނީ އެންމެ ފުރިހަމަ ގޮތުގައި ޕްރޮގްރާމް ގެނެސްދިނުން ކަމަށް މިއަދު ހަވީރު ނެރުނު ބަޔާނުގައި ބުންޏެވެ.






ކޮމެންޓް