ޚަބަރު

އިންޑިއާ ސިފައިންގެ އިތުރު ބެޗެއް އަންނަ މަހު ފޮނުވާލެވޭނެ: ސަރުކާރު

އަލީ ސަމާޙް ، ދެން އޮންލައިން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބެޗްގެ ތެރެއިން ބާކީ ތިބި ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަންނަ މަހު އިންޑިއާގެ އިތުރު ސިފައިންތަކެއް ގެންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Hajj Corporation

ރާއްޖެ ގައި ތިބި އިންޑިއާ ސިފައިން ގެންދިޔުމާއި ގުޅޭ ގޮތުން އިންޑިއާ-ރާއްޖެ ކުރިއަށް ގެންދާ "ކޯ ގްރޫޕް" ގެ ތިންވަނަ ބައްދަލުވުން މިއަދު މާލޭގައި ވަނީ ބާއްވާފައެވެ.

އެ ބައްދަލުވުމަށް ފަހު ދެ ގައުމުގެ ފޮރިން މިނިސްޓްރީންވެސް ވަނީ ބަޔާން ނެރެފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އޭވިއޭޝަން ތިން ޕްލެޓްފޯމްގެ ތެރެއިން މިވަގުތު ސިފައިން ތިބީ ދެ ޕްލެޓްފޯމްގައި ކަމަށެވެ.

އޭގެ ތެރެއިން އެއް ބެޗް އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ގެންދާނެ ކަމަށެވެ. އަދި ބާކީ ތިބި ސިފައިން މޭ މަހުގެ 10 ގައި ގެންދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

އިންޑިއާގެ އެކްސްޗާނަލް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮފަރޭޝަން އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ގެނައުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ހިންގުން އަވަސްކުރުމާއި، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް އިންޑިއާގެ އެކްސްޗާނަލް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއެކު އައްޑޫ ސިޓީގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރާއެކު، މި މަހުގެ 11 ވަނަ ދުވަހު އިންޑިއާ 26 ސިފައިން ވަނީ ފޮނުވާލާފައެވެ.

ސިފައިންގެ ބަދަލުގައި މަދަނީން ގެންނަނާތީ އެއީ ކުލަހެދުމުގައި ތިބޭ ކަމަށް ބުނެ ސަރުކާރަކަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!