އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯއަކަށް ޑރ. ޔާސިރު

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) ގެ ސީއީއޯއަކަށް އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު، ޑރ. އިބްރާހިމް ޔާސިރު އައްޔަނުކުރައްވައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އެ ހޮސްޕިޓަލުން އެކްސްގައި ކުރި ޕޯސްޓެއްގައިއެވެ. ހޮސްޕިޓަލުން ވަނީ އޭނާ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިއެވެ.
ޑރ. ޔާސިރު މި މަގާމަށް އައްޔަނުކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ވޭތު ވެދިޔަ އަހަރުތަކުގެ ތެރޭގައި ޑރ. ޔާސިރު ވަނީ އެތެރެހަށީގެ ބަލިތަކާ ގުޅޭ ކޮންސަލްޓަންޓެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރުގެ ހޮސްޕިޓަލު ކަމަށްވާ، ސެނެހިޔާ އަދި މެޑިކާ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އައިޖީއެމްއެޗްގެ މެޑިކަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރކަމުގެ މަގާމު އަދި، ޞިއްޙީ ވުޒާރާގައި ހެލްތު ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމު ފުރުއްވާފައިއެވެ.
ޑރ. ޔާސިރު ސިއްހީ ދާއިރާއަށް ޚިދުމަތް ކޮށްދެއްވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައިއެވެ.
އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މީގެ ކުރިން ސީއީއޯކަމުގެ މަގާމު ފުރުއްވާފައި ވަނީ ޑރ. މުޙައްމަދު ޞާލިހެވެ.
މީ ރާއްޖޭގަ ހިންގި އެންމެބޮޑު ބަޣާވާތް އެއީ ބަޣާވާތެއް ނޫންކަމަށް ނިންމުމުގެ އެންމެ އިސް އެއް މޭސްތިރިކަމަށް މަގުމަތީގަ އެބަކިޔާ.