23rd December 2024, Monday

ޚަބަރު

ރައީސް، ރަސްމީކޮށް މަޖިލީސް ކެމްޕޭނަށް، މިއަދު ޑޯޓުޑޯއަށް ނުކުންނަވާ

އަލީ ސަމާޙް ، ދެން އޮންލައިން
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރަށް ތާއިދު ހޯދުމުގެ ގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު މާލޭގައި ދޮރުން ދޮރަށް ކެމްޕޭން މިއަދު ފައްޓަވަން ހަމަޖެހިއްޖެއެވެ.

ރައީސްއާ ގުޅޭ މައުލޫމާތު 'އެކްސް' ގައި ހިއްސާކުރަމުންދާ ''ރައީސް މުއިއްޒު'' އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޑޯޓުޑޯ ފައްޓަވާނީ ހެންވޭރު ހުޅަނގު ދާއިރާއިން, މެންދުރުފަހު 1:45 ހާއިރުއެވެ.

Ads by Hajj Corporation

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ މިއަދު ''ދެން'' އަށް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގްރޭޓާ މާލޭ (މާލެ، ވިލިމާލެ، ހުޅުމާލެ) އެކި ސަރަހައްދުތަކުގައި ޑޯޓުޑޯ ކެމްޕޭނު ރައީސް ކުރައްވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ޕީޕީއެމުން ހިއްސާކުރަމުންދާނެ ކަމަށެވެ.

''މަޖިލީސް ކެމްޕޭނު ރަސްމީކޮށް ރައީސް އެ ފައްޓަވަނީ'' ޝިއުނާ ވިދާޅުވިއެވެ. މިއީ މާލޭ މޭޔަރު އިންތިހާބަށް ފަހު ޑޯޓުޑޯއަށް ރައީސް, ނިކުމެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މަޖިލީސް އިންތިހާބުގައި ޕީޕީއެމްގެ ކެމްޕޭނު ރަސްމީކޮށް ލޯންޗުނުކުރި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ހަރަކާތްތައް ކުރިއަށް އެބަދެއެވެ. ކެންޑިޑޭޓުންގެ

ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި އެމަނިކުފާނު ގެންދަވަނީ މަޖިލީސް އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ސަބަބު ކިޔައިދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުންނަމަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރުން ނަގާނެއެވެ. ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނީ ސަރުކާރަށް ތާއިދުކުރާ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވަމުން ގެންދަވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!