އަމީރު ނުގެންދާ ކަމަށް ބުނި ކުވެއިތު ފަންޑުގެ ފައިސާ ސަރުކާރުން އަނބުރާ ހޯދަނީ
ރާއްޖޭގެ ހަތް ރަށެއްގައި ކުރީގެ ސަރުކާރުން އިމާރާތްކުރަން ނިންމި ހޮސްޕިޓަލްތައް އަޅަން ކުވައިތު ފަންޑުން ދިން ފަންޑު އަނބުރާ ގެންގޮސްފައިވާތީ އެ ފައިސާ ހޯދަން މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުވައިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތައް އިމާރާތްކުރަން ސޮއިކުރިއެވެ. ދިވެހި ކުންފުންޏެއް ކަމަށްވާ ޑެޕްލެކްސް ޕްރައިވެޓްއާ ހަވާލުކުރީ އދ. މާމިގިލި އާއި ހދ. ހަނިމާދު، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް ހެދުމަށެވެ. ނ. ވެލިދޫ އާއި ށ. މިލަންދު އަދި ކ. ތުލުސްދޫގައި ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކުރީ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެެވެ.
އެ ހޮސްޕިޓަލްތައް ނޭޅުނީ ކުވައިތު ފަންޑުން ދިން ބައެއް ފަންޑުތައް އަނބުރާ ގެންގޮސްފައިވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހދ. ހަނިމާދޫގައި ވިދާޅުވެފައެވެ. ފަންޑު އަނބުރާ ގެންދިޔަ ކަމަށް ވިދާޅުވެ ރައީސް ހެއްދެވީ އިތުރުފުޅެއް ކަމަށް ކުރީގެ ފިނޭންްސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ހާޒިރުކޮށްފައެވެ.
އެ ފައިސާ އަނބުރާ ގެންދިޔަ ސަބަބާ ގުޅޭ ގޮތުން ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ފަންޑު އަނބުރާ ގެންދިޔައީ ސަރުކާރުން ކުވެއިތު ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފުވެގެން ކަމަށެވެ.
ވަކި އުސޫލުތަކެއް ހުރޭ ރާއްޖެއިން އެސެސް ކުރުމަށް ފަހުގައި އެޖެންސީތަކަށް މި ފޮނުވަނީ އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން ވަކި ގޮތަކަށް ރާއްޖެއިން އޭރުގައި އެވޯޑް ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ބޭނުންވުމާ އެއްކޮށް ވަނީ ކުވެއިތު ފަންޑުން އެކަން ހުއްޓާލާފައި، ކުވެއިތު ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ކުރިއަށް ދިޔަ ކަމަކަށްވާތީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވެސް ވަނީ، ކުވެއިތު ފަންޑުގެ އެހީގައި ވެލިދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްނުދަނީ ކީއްވެގެންތޯ ކަމަށް ވިދާޅުވެ ހަލީލްއާ ސުވާލު ކުރައްވާފައެވެ.
ހަލީލް ވިދާޅުވީ ވެރިކަމުގެ ފަހުކޮޅުގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އެ މަޝްރޫއު ކުރިއަށްގެންދަން ހަމަޖެހިފައި އޮތް ނަމަވެސް މި އަހަރުގެ ބަޖެޓުގައި ސިއްހީ މަރުކަޒު އަޅަން ފައިސާ ހިމަނާފައި ނުވާކަމަށެވެ.
އަޅުގަނޑުމެން މަސައްކަތްކުރަމުން އެބަ ގެންދަން. އެހެން ނަމަވެސް ކުވެއިތު ފަންޑުގެ އެ ފައިސާ ފަންޑިން އަނބުރާ ހޯދޭތޯ
ހަލީލް ދެއްވި ޔަގީންކަމަކީ އެހެން ގޮތްތައް މެދުވެރިކޮށްވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރަމުންދާ ކަމެވެ.
ވެލިދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލު، ސޯލިހުގެ ވެރިކަމުގެ ފަހުކޮޅުގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅަން ހަމަޖެއްސިއެއް ކަމަކު މި އަހަރުގެ ބަޖެޓުގައި ކަލޭމެން އެކަމަށް ފައިސާ ހިމަނާފައި ނުވާކަން
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އަށް ނޭގެނީތަ ހަމަ؟ ނޫނީ މަވެސް ސުވާލެއް ކުރަން ވާނޭ ހިތައި މޮޅު ވެލަން ސުވާލެއް ކޮށްލީތަ؟
އެއީ އަހަތަކު އެއްފަހަރު ބަޖެޓްގައި ޖަހަންޖެހޭ އެއްޗެއްނޫނޭ،
ކުވެއިތު ފަންޑުން ތި ހަލީލް ގެ އަމިއްލަ ކުންފުންޏަށް ދިން ލާރި ކޮބާތޯ. 10 އަހަރުވީ ލާރި ކާލާފަ އެއްވެސް މަސައްކަތެއް ނުކޮށް ފިލައިގެން އުޅޭތާ. ހަލީލް ތީ ބޮޑު ވަގެއް
ފަންޑު ތަކުން ފައިސާ ދޭންކަނޑައެޅުމުންށް އެޕްރޮޖެކްޓަކާއިބެހޭގޮތުން ފަންޑަށް ބޭނުންވާ ޑޮކިއުމެންޓް ތައް ތައްޔާރުކޮށް ހުށަހަޅައިގެން މަސައްކަތް ނުފަށައިފިނަމަ ފައިށާ ދިނުންހުއްޓާލާނެ ، މިހާރު ފައިސާ ކޭސް ނުދޭނެ. ބޭންކްތަކުގާއޮންނަ އުސޫލު ފަދައިންމަސައްކަތް ނިންމާފަ ކުރެވޭ ބި؛ްތަކަށް ބިލްތަކުގެ ޖުމަލައަށް ފައިސާޓްރާންފަރ ކޮށްދޭނީ.ކަންކުރަންނޭގޭ ބަޔަކަށޤ ފަންޑް ބޭނުންނުކުރެވޭނެ.