Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިފްކޯގެ ސީއީއޯ ސަސްޕެންޑްކޮށްފި

މިފްކޯގެ ސީއީއޯ ސަސްޕެންޑްކޮށްފި

ސަރުކާރުގެ މަސް ކުންފުނި, މޯލްޑިވްސް އިންޑްސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗީފް އެކްޒެކްޓިވް އޮފިސަރު އަލީ ޝަމާޙު ސަސްޕެންޑްކޮށްފިއެވެ.

ޕްރައިވައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، ޝަމާޙު އާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުން ހުރި މައްސަލަތަކެއް އެ ބޯޑަށް ހުށަހެޅިފައިވާ ކަމަށެވެ.

އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާއި ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ އެއްވަނަ ނަންބަރަށް ރިއާއަތްކޮށް މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ޝަމާޙު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ ކަމަށް ޕީސީބީގެ ބަޔާނުގައި ބުންޏެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޑރ މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ސިޓީ ކައުންސިލުގައި މަސައްކަތްކުރި ޝަމާޙު ސަސްޕެންޑް ކޮށްފައިމިވަނީ ސީއޯއަކަށް އައްޔަން ކުރި ފަހުން ގިނަ މައްސަލަތަކެއް ފާހަގަވެ ޕީސީބީން އިންޒާރު ދިނުމަށް ފަހުއެވެ.

އެ ބޯޑުން ޝަމާޙު އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއް ޝޯޝަލް މިޑިއާގައި ދައުރުކުރުވަމުންދާއިރު އެ ސިޓީގައި 12 ކަމެއް ވަނީ ފާހަގަކޮށްފައެވެ.

ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުން ކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި ޑިޕާޓްމަންޓްތައް ބަދަލު ކުރުމުގެ އިތުރުން ކުންފުނީގެ ސައިޓްތައް ހުންނަ އެހެން ރަށްރަށަށް ބަދަލު ކުރުން އަދި މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ކުންފުނީގައި އޮންނަ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް, ބަޖެޓް ހަމަޖެހިފައި ނުވާއިރުވެސް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކާއި ރައްޓެހިންނަށް ވަޒީފާ ދިނުން ހިމެނެއެވެ.

ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވައިދާ ހިލާފަށް އެއްވެސް ޝަރުތަކަށް ބެލުމެއް ނެތި އާންމުކޮށް އިއުލާން ކުރުމެއް ވެސް ނެތި މުވައްޒަފުން ނެގުމާއި އިޖުރާއަތު ތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުމާއި ޕީސީބީގެ ހުއްދަ ނުހޯދާ ކުންފުނީގައި މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނެގުމުގެ އިތުރުން އުސޫލުތަކާ ހިލާފަށް ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި، އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ހަމަޖެއްސުންވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް