Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުޅުމާލެއިން ގޯތި ދޫކޮށްފައި ހުރީ މަގުތަކާއި ކަރަންޓު ވިއުގައަށް ނުބަލާ: އެޗްޑީސީ

ހުޅުމާލެއިން ގޯތި ދޫކޮށްފައި ހުރީ މަގުތަކާއި ކަރަންޓު ވިއުގައަށް ނުބަލާ: އެޗްޑީސީ
މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކޮށްފައި ހުރީ މަގުތަކާއި ކަރަންޓު ވިއުގައަށް ވެސް ބަލާލުމެއް ނެތި ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ. އެޗްޑީސީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ބައެއް ގޯތިތަކުގެ އިންވަކިކޮށް ވަށާފާރު ރޭނުން ފަދަ ކަންކަން މިހާރު ނިމިފައި ވީނަމަވެސް، އުނދަގޫތަކެއް ހުރުމުން އެއްބައި ގޯތިތައް ދޫކުރެވުން ލަސްވެފައިވާކަމަށެވެ. "ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކަށް އަރާ ގޮތަށް ގިނަ ގޯތިތަކެއް ދޫކޮށްފައިވޭ. މި ގޯތިތައް ދޫކުރުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ މި ނެޓްވޯކްތައް ރީލޮކޭޓްކުރަން" އެޗްޑީސީއިން ބުނެ އެވެ. އެޗްޑީސީއިން ބުނީ ނެޓްވޯކްތައް ބަދަލުކުރުމުގެ މަސައްކަތް، ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއާ ގުޅިގެން ކުރަމުން ދާކަމަށެވެ. "މި ނެޓްވޯކާ ގުޅުންހުރި އާންމު ހިދުމަތްތަކަށް ބުރޫ ނާރާނެހެން ސާވިސްލައިން ބަދަލުކޮށްގެން ނޫނީ، މި ސަރަހައްދުން ދޫކޮށްފައި ހުރި ގޯތިތައް ކަނޑައަޅާ ބިންވެރިންނާ ހަވާލުކުރުމަކީ ވަރަށް ދަތިކަމެއް" އެޗްޑީސީއިން ބުންޏެވެ. އޭގެ އިތުރުން ބައެއް ގޯތިތައް މަގުތަކަށް އަރާ ގޮތަށް ވެސް ދޫކޮށްފައިވާކަމަށް އެޗްޑީސީން ބުނެ އެވެ. "މި ސަރަހައްދުގެ ބައެއް ގޯތިތައް ދޫކޮށްފައި އެބަހުރި މަގުތަކަށް އަރާގޮތަށް، މިފަދަ ގޯތިތައް އެބަޖެހޭ އަލުން ރީލޮކޭޓްކުރަން. މި ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ވަކި ހަމަޔަކުން ތަރުތީބުކޮށްގެން ނޫނީ މި ސަރަހައްދުން ގޯތިތައް ކަނޑައަޅާ ބިން ދޫކުރެވޭނެ ގޮތެއް ނޯންނާނެ" އެޗްޑީސީއިން ބުނެ އެވެ. ހުޅުމާލޭގައި ހިންގާ އެކި ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކަށް ވެލި އަދި ހިލަ އެއްކޮށްފައިވާ ހިސާބުތަކުންނާއި، ކޮންސްޓްރަކްޝަން ވޭސްޓު ހުރި ސަރަހައްދުތަކުން ވެސް ގޯތި ދޫކޮށްފައި ހުރިކަން އެޗްޑީސީއިން ފާހަގަކުރި އެވެ. އެތަންތަނުގެ އިންވަކިކޮށް ބިންވެރިންނާ ހަވާލުކުރުމަކީ ވެސް ދަތިކަމެއް ކަމަށާއި، ނަމަވެސް އެފަދަ ތަންތަން ސާފްކުރުމަށް މިހާރު އަންގާފައިވާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުންނާއި، ގުޅީފަޅުން އަދި ހުޅުމާލެއިން 9،003 ގޯތި ދޫކުރި އެވެ. ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައި އޮތީ 1351 ގޯއްޗެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް