Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުއްދަ ހޯދައިގެން ކެމްޕެއިން ބެނާ ދަމަން އެދިއްޖެ

ހުއްދަ ހޯދައިގެން ކެމްޕެއިން ބެނާ ދަމަން އެދިއްޖެ

އިންތިހާބުތަކާއި ގުޅިގެން ހުޅުމާލެ އެއްވެސް ސަރަހައްދެއްގައި ބެނާ ނުވަތަ ކެންވަސް ހަރުކުރާކަމަށް ހުއްދަ ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެދިއްޖެއެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުފައިވާ ނޫސްބަޔާނެއްގައި ބުނީ، އާއްމު އިންތިހާބުތަކާ ގުޅިގެން ކެމްޕޭނު ބެނާ އާއި ކެންވަސް ހަރުކުރުމުގެ ފުރުސަތު ހުރިހާ ފަރާތަކަށް ހަމަހަމަ ކަމާއެކު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކެމްޕޭނު ކުރުމަށް ހުޅުމާލެ ފޭސްއެކެއް އަދި ދޭއްގެ އެކި ސަރަހައްދުތަކުގައި ހަރުކުރަމުންދާ ބެނާ އާއި ކެންވަސް ފަދަ ތަކެތި ހަރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި އާއްމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސާވީސް ޕްރޮވައިޑާ ނެޓްވޯކްތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރިއަށް ގެންގޮސްދޭން އެޗްޑީސީގެ ބަޔާނުގައި އެދުނެވެ.

Advertisement
Ooredoo — Square (box)

''އެއީ ޕޯސްޓަރުތަކާއި ކެމްޕޭނު ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓު ކޭބަލް އާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުން ލިބި، ހިދުމަތް މެދު ކެނޑޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހިދާނެ'' އެޗްޑީސީން ބުންޏެވެ.

އެެހެންވެ ކުރިއަށް އޮތް ތަނުގައި ކެންވަސްތަކާއި ބެނާތައް ހަރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެ، ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން ހުއްދަ ހޯދައި ކޯޕަރޭޝަންގެ ލަފާއާއި އިރުޝާދާ އެކު ކުރިއަށް ގެންދިޔުމަށް އެޗްޑީސީން އިލްތިމާސްކުރިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް