Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގޯތި ލިސްޓު ހިފަހައްޓައިގެން އެ ކުރަނީ ގާނޫނީ ކުށެއް: ސޯލިހު

ގޯތި ލިސްޓު ހިފަހައްޓައިގެން އެ ކުރަނީ ގާނޫނީ ކުށެއް: ސޯލިހު
އެމަނިކުފާނުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމި ފްލެޓްތަކާއި ގޯތިތަކުގެ ލިސްޓު އޭގެ ވެރިފަރާތަށް ހަވާލުނުކޮށް، މި ސަރުކާރުން އެ ކުރަނީ ގާނޫނީ ގޮތުން ކުށެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އެޑްވައިޒަރު ސޯލިހު އެހެން ވިދާޅުވީ، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އިފްހާމް ހުސޭންގެ ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ނިމިދިޔަ ފަސް އަހަރުގައި ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ފަހުކޮޅުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި، އިންސާފުވެރިކަމާ އެކީގައި މާލެއިން ގޯއްޗާއި ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅާފައިވާނެ ކަމަށެވެ. ގުޅީފަޅުންނާއި ގިރާވަރު ފަޅުގެ އިތުރުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ދިނުމުގައި ނެގީ ވަރަށް އުދަނގޫ 'ޑިޒިޝަން' ކަމަށް ވިދާޅުވިއެވެ. އެންމެ ފުރަތަމަވެސް ނިންމީ މާލޭގައި ދިިރިއުޅޭ މިހުންނަށް ގޯތި ދިނުމަށް ކަމަށާއި އެކަމަކު މި ސަރުކާރުން އެ ހުރިހާ ކަމެއް ހުއްޓާލާފައިވާ ކަމަށެވެ.
އެ ގޯތިތައް ފްލެޓްތައް ހަވާލުނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ، ގާނޫނީ ގޮތަކުން، އެ ހިފަހައްޓާ ހިފެއްޓުމަކީ ގާނޫނީ ގޮތުން ކުރާ ކުށެއް، އެކަން ހަމަޔަކަށް އަޅުވަން ޖެހޭ، ހިފަހައްޓައިގެން ނުހުރެވޭނެ ބޭނުންގޮތަކަށް ލިސްޓެއް ބަދަލެއް ނުކުރެވޭނެ
ސޯލިހުގެ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އޭސީސީން ހިންގި ތަހުގީގުގައި 60 އިންސައްތަ މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅިއެވެ. އެެހެންވެ މައްސަލަތައް ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަވާފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 21،000 މީހުން ފްލެޓަށް ކުރިމަތިލީއިރު. އޭގެ ތެރެއިން 12،000 މީހުންނަށް ފްލެޓް ލިބޭ ކަމަށް ކަނޑައެޅިއެވެ. އޭގެ ތެރެއިން ފުރަތަމަ ފްލެޓް ދޭން ނިންމީ 4000 މީހުންނަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް