ޚަބަރު ސިޔާސީ

ޑޮލަރު ރޭޓް ދަށްވިކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު: ސޯލިހު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިފްހާމް ހުސެއިންގެ ކެމްޕޭން ޖަގަހައިގައި ވާހަކަފުޅު ދައްކަވަނީ

ޑޮލަރު ރޭޓް ދަށްވި ކަމަށް ބުނެ ސަރުކާރުން އަންނަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށާއި، އެއީ ހުސް ދޮގު ވާހަކަ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިފްހާމް ހުސެއިންގެ ކެމްޕޭން ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ، މިހާރު ޑޮލަރު ރޭޓަކީ 17.50 ކަމަށާއި، މިއީ މި ވޭތުވެދިޔަ ކޮންމެ އަހަރަކުވެސް ޖަނަވަރީ އިން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ޑޮލަރު ރޭޓް ހުންނަވަރު ކަމަށެވެ.

މިދިޔަ އަހަރު ޑޮލަރު ރޭޓު ހުރި ގޮތުގެ ވާހަކަ ދައްކަވަމުން ވިދާޅުވީ، 2023 އަހަރުގެ މިދުވަސްވަރު ޑޮލަރު ރޭޓަކީ 16.70 ލާރިކަމަށެވެ. އަދި މިދިޔަ އަހަރުގެ ރަމަޟާން މަހު ޑޮލަރު ރޭޓަކީ 16.20 ލާރި ކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ، މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރުކަމަށްވެފައި، މިއީ ތަބީއީގޮތުން ރާއްޖޭގެ ރެވެނިއު އެންމެ މަތިވާ ދުވަސްވަރުކަމުން އާންމުކޮށްވެސް ޑޮލަރުގެ ރޭޓު ދަށްވާ ކަމަށެވެ.

ބޭނުންވަނީ މި ރޭޓުގައި ވީހާވެސް ދަށްކޮށް ޑޮލަރު ލިބޭގޮތަށް ހުރުން. އެހެން ވެއްޖެއްޔާ ރަނގަޅު. އެކަމަކު ރައްޔިތުންނަށް އޮޅުވާލައިގެން މާބޮޑެތި މަސައްކަތެއް ކޮށްދީގެން ޑޮލަރު ދަށްކުރީކަމަށް ހެދީމަ ރަނގަޅެއް ނޫން. އެ ހަދަނީ ދޮގު، އޮޅުވާލަނީ

ޑޮލަރުގެ ރޭޓްއާ ގުޅޭ ގޮތުން ސޯލިހު ވާހަކަ ދައްކަވާފައިވަނީ ވިދާޅުވެފައިމިވަނީ, ރާއްޖޭގައި ޑޮލަރުގެ އަގު ހަމަޖެހި، އަގު ދަށަށް ދާން ފަށައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ސައީދު އިއްޔެ ވިދާޅުވީ، ފާއިތުވި ނޮވެންބަރު މަހުގައި ރާއްޖެއަށް ކުރިމަތިވެފައި އޮތް ދަތި ހާލަތުން މިހާރު މަޑުމަޑުން ރާއްޖެ އަރައިގަންނެ، ޑޮލަރުގެ އަގު ދަށްވަމުންދާ ކަމަށެވެ. އަދި ކުރިއަތްއޮތްތާ ޑޮލަރުގެ އަގު އިތުރަށް ދަށަށް ދާނެ ކަމަށް އެބޭފުޅާ ލަފާކޮށްފައިވެއެވެ.

Ads by Allied Insurance
  1. ޢަދީބު

    ސަރުކާރުން ޑޮލަރުގެ އަގުހެޔޮ ކުރުމަށް އެއްވެސް ފިޔަވަޅެއް އެޅިތަން އެގޭކަށްނެތް. އަދި އެކަން ކުރަންފެށި މަސައްކަތެއްވެސް ފެންނާކަށްނެތް. މިހާރުވެސް ކަޅުބާޒާރުގައި ޑޮލަރުހުރީ ހަމަވަރަށްމަތީގައި. ކަންކަން ކުރާތަނެއް ނުފެނޭ. އަބަދުވެސްބވިދާޅުވަނީ ވާނެ، ކުރާނެ،

  2. ފަރުމަސް

    ހަޖަމެއްނުވި ނަމަވެސް ޑޮލަރު ރޭޓް ހުރީ ދަށަށް ހިފާފަ.

  3. ކަލެޔަށް ގަމާރު ސޯލިހް ކިޔަނީ ކިޔަންވެގެން، ޑޮލަރ ރޭޓް މިހާރު ދަށް.

  4. ޙާއިނުން

    ބަލަގަ އިބުރާހީމާ ތިޔަ ތެޅިބާނީ މަޖިލީސް މެޖޯރިޓީ އެމްޑީޕީއައް ނުލިބިއްޖެނަމަ އިންޑިއާ ނުރުހޭނެތީ ބިރުންދޯ

  5. އަލިބެ

    ގަމާރާކަލޭވެރިކަމުގަހުރިއިރު ޑޮލަރުލިބުނީ 18 އަށް މިހާ17.50 އަށްދަށްވެއްޖެ. އަދިވެސްދަށްވާނެ ކަލޭހުރޭބަލަން.

  6. މާނަޔަކީ ދިވެހިން އިނދަޖައްސަން އެމްޑީޕީ ވަރައް ބޭނުމޭ