Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަނބު ބިންނަން އުޅުމުން 30 ދުވަހަށް ބަންދުކުރަން ފުލުހުން އުޅެފި

އަނބު ބިންނަން އުޅުމުން 30 ދުވަހަށް ބަންދުކުރަން ފުލުހުން އުޅެފި

ހުއްދަ ނެތި އަނބު ބިންނަން އުޅުނު ދެ މީހަކު 30 ދުވަހަށް ބަންދުކުރަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރެއްގައިވާ ގޮތުން މި ކަމެއް ހިނގީ އިއްޔެއެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެއީ 34 އަހަރާއި 38 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ މީހުން އަނބު ބިންނަން އުޅެފައިވަނީ މާލޭ ސިޓީ ކައުންސިލުގެ ބިމެއްގައި ހުރި ގަހަކުންނެވެ.

Advertisement
Allied Insurance — Square (box)

އެތަނުން 34 އަހަރުގެ މީހާގެ ބަންދުގެ 44 ރެކޯޑެއް އޮތްއިރު 38 އަހަރުގެ މީހާ އަކީ ބަންދުގެ 12 ރިކޯޑެއް އޮތް މީހެއް ކަމަށް ކޯޓު އަމުރުން ދައްކައެވެ.

ބަންދުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން އެދުނީ އެ ދެމީހުން ބަންދުގެ މުއްދަތަށް 30 ދުވަހަށް ޖަހައިދޭށެވެ. ގާޒީ މުހައްމަދު މިސްބާހު ނެރެއްވި އަމުރުގައި ވިދާޅުވީ އެ މުއްދަތަކީ އެއީ ހާލަތާ ނުބައްދަލު މިންވަރެއް ކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ އެއިން ކޮންމެ މީހެއްގެ ބަންދަށް ތިން ދުވަސް ޖަހާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް