Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަރަންޓާއި ފެން ބިލުތަކުގެ ޖޫރިމަނާ ރައީސް މާފުކޮށްދެއްވައިފި

ކަރަންޓާއި ފެން ބިލުތަކުގެ ޖޫރިމަނާ ރައީސް މާފުކޮށްދެއްވައިފި

ކަރަންޓު ބިލާއި ފެން ބިލުތަކުގެ ޖޫރިމަނާ މާފުކޮށްދޭން ނިންމައި، އެކަން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފިއެވެ.

ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އެގޮތުން އިތުރު ލުޔެއް ދިނުމަށް ދިނުމަށް މިއަދު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭ ގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނުދެއްކި ހުރި ފައިސާ ލުޔިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށްވެސް ދަންނަވާފައިވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް