ޚަބަރު

ގްރޫޕަކުން އެޕާޓްމެންޓަކަށް ވަދެ ބޮޑު މާރާމާރީއެއް

. ، ދެން އޮންލައިން
މާލެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ - ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

އަށްމީހުންގެ ގްރޫޕަކުން އެޕާޓްމެންޓަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގައިފިއެވެ.

Ads by STELCO

އެކަމެއް މިއަދު ހިނގާފައިރު، ފުލުހުންގެ ބެލުމުގެ ދަށަށް 8 މީހަކު ގެންގޮސްފައިވެއެވެ.

ކްރިމިނަލް ކޯޓުން މިއަދު އާންމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާ، 20 އަހަރުގެ ދެ މީހަކާއި، 22 އަހަރުގެ މީހަކާއި، 23 އަހަރުގެ ދެ މީހުންގެ އިތުރުން 25 އަހަރުގެ މީހެކެވެ. އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެ މާރާމާރީ ހިނގާފައި ސީދާ ކޮންތަނެއްގައިކަން ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

ކްރިމިނަލް ކޯޓުން ވަނީ ތަހުގީގު ނިމެންދެން އެ އެންމެންވެސް ބަންދުކޮށްފައެވެ.

ކޯޓުގައި ފުލުހުން ބުނީ، މާރާމާރީ ހިންގި ތަނުން ދަގަނޑު ހޮޅިގަނޑަކާއި، ވަޅިއަކާއި މަރުތޭލެއް ފެނިފައިވާ ކަމަށެވެ. ކޯޓު އަމުރުގައި ބުނީ އެ އެމީހާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް ފޮޓޯތަކުން ފާހަގަކުރެވޭ ކަމަށާއި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށްވެސް ބެލެވޭ ކަމަށެވެ.

އެޕާޓްމެންޓާއި އެޕާޓްމެންޓަށް އަރާ ސިޑީ ގޮޅީގެ އެކި ތަންތަނުގައި ލޭގެ އަސަރުހުރި ކަމަށްވެސް ކޯޓު އަމުރުގައި ބުންޏެވެ.

 

  1. ޚަލުބެ

    ދިވެހިންގެ ރާއްޖެ