Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުޅުމާލޭގައި ފުލުހަކު އަންހެން ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެ މައްސަލަ ހޫނުވެއްޖެ

ހުޅުމާލޭގައި ފުލުހަކު އަންހެން ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެ މައްސަލަ ހޫނުވެއްޖެ

ހުޅުމާލޭ ދެވަނަ ފޭސްގައި ފުލުހަކު އަންހެން ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެއް ހޫނުވެއްޖެއެވެ.

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހުން އަނިޔާކޮށްފައިވާ ބުނެ އެ ކުއްޖާގެ އާއިލާއިން ވަނީ ހުޅުމާލޭ ފުލުސް އޮފީސް ދޮށަށް އެއްވެފައެވެ.

އެތަނުން ހުރި މީހަކު ''ދެން'' އަށް ބުނީ، އެކަމެއް ދިމާވީ ސައިކަލް ދުއްވަން އިން މީހަކު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދުއްވަން އުޅުމުގެ ތެރޭގައި ކަމަށެވެ.

Advertisement
Allied — Dhen Online (box)

''ސައިކަލު ދާން ފެށިމާ ޖެހިގެން އިން ޕޯސްޓަށް މަޑުކުރުވާފައި ފަހަތުގައި 17 އަހަރުގެ އަންހެން ކުއްޖާ ގައިގައި ފުލުސް މީހާ ޖެހި ޖެހީނުން އެ ކުއްޖާ އަށް ހިނގާ ވެސް ނުލެވިފައި އޮތީ، ދުއްވަން އިނީ ފިރިހެން ކުއްޖެއް، ކުއްޖާ އިނީ ފަހަތުގައި'' އެ މީހާ ކިޔައިދިނެވެ.

https://twitter.com/VMookey/status/1772358377055904212

އެ މީހާ ބުނީ ސައިކަލު މަޑުކުރުވި ސަރަހައްދުގައި ހުރި ވީޑިއޯ ފުޓޭޖްތައް ފުލުހުން ޑިލީޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް