Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުލުހަކު އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާތީ، އެތެރޭގެ ތަހުގީގެއް ހިންގަނީ

ފުލުހަކު އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާތީ، އެތެރޭގެ ތަހުގީގެއް ހިންގަނީ

ރޭ ހުޅުމާލޭގައި ފޭސް ދޭއްގައި ފުލުހަކު އަންހެން ކުއްޖަކަށް އަނިޔާދިން ކަމަށް ބުނާ މައްސަލައިގެ ފުލުހުންގެ އެތެރޭގެ ތަހުގީގެއް ކުރަން ނިންމައިފިއެވެ.

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހުން އަނިޔާކޮށްފައިވާ ބުނެ އެ ކުއްޖާގެ އާއިލާއިން ވަނީ ހުޅުމާލޭ ފުލުސް އޮފީސް ދޮށަށް އެއްވެ އަޑުއުފުލިއެވެ.

ނަމަވެސް އަނިޔާކުރި ކަމަށް ފަތުރަމުންދާ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ.

Advertisement
HDC — Sidebar (box)

ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެކަމެއް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކޮށްފައި ހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުން ގައިން ނައްޓާ ކުރިއަށް ދިއުމުގެ ތެރޭގައި ކަަމަށެވެ.

''ސައިކަލް ދުއްވާފައިވަނީ ލައިސަންސް ނެތް ފަރާތެއް އަދި ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވި ފަރާތްތަކަށް ފަރުވާ ރޭގައި ދެވުނު'' ޝިފާން ވިދާޅުވިއެވެ.

މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ޝިފާން ވިދާޅުވީ ''ރޭގެ'' މައްސަލާގައި ފުލުހުންގެ އެތެރޭގެ ތަހުގީގެއް ކުރަން ނިންމާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް