Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދިވެހި ބަހުން ނަސާރާ ދީނުގެ ލިންކުގެ ކާޑުތަކެއް ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ދިވެހި ބަހުން ނަސާރާ ދީނުގެ ލިންކުގެ ކާޑުތަކެއް ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ދެވަނަ ފޭސްގައި ދެ ބިދޭސީއަކު، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު ލިޔުންތަކެއް އެޅި މައްސަލާގައި މިއަދު ހައްޔަރުކޮށްފިއެވެ. ފޭސް ދޭއްގެ ފްލެޓްތަކުގެ ތިރީގައި ހުންނަ މެއިކް ބޮކްސްތަކަށް ނަސާރާ ދީނުގެ މައުލޫމާތު ހިމެނޭ ބިޒްނަސް ކާޑުތަކެއް ލަމުންދާ ކަމަށް ބުނެ ސޯޝަލް މިޑިއާގައި ފޮޓޯތަކެއް ދަނީ ދައުރުކުރުވަމުންނެވެ. އެނގިފައިވާ ގޮތުން އެ މީހުން ގެންގުޅުނީ ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ނަސާރާދީނުގެ ވެބްސައިޓު ތަކެއްގެ ލިންކު ހިމެނޭ ބިޒްނަސް ކާޑު ތަކެކެވެ.  

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ދެ މީހުންނަކީ ޖަރުމަނުގެ ދެ މީހުން ކަމަށެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު އިންޑިއާގެ ހިންދޫ ދީނުގެ ހާމުދުރަކު އެ ދީން ފެތުރުމަށް ރާއްޖޭގައި މަސައްކަތްކުރި މައްސަލައެއް ބޮޑުވިއެވެ. އެ މައްސަލާގައި ހިމެނޭ މީހާ ވަނީ އަނބުރާ ރާއްޖެއަށް ނާދެވޭ ގޮތަށް ވަނީ ޑީޕޯޓްކޮށްލާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް