ރާއްޖެއަށް އެތެރެވާއިރު ނައްސި ޕީސީއާރު ޓެސްޓެއް އޮތުން މަޖުބޫރު ކޮށްފި

ރާއްޖެއަށް އެތެރެވާއިރު ނައްސި ޕީސީއާރު ޓެސްޓެއް އޮތުން މަޖުބޫރު ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ސެޕްޓެމްބަރ މަހުގެ 10 ދުވަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ކުރު ދަތުރުތަކުގައި އަންނަ ހުރިހާ ފަރާތްތަކުންވެސް ރާއްޖެއަށް އެތެރެވެވޭނީ ޕީސީއާރް ޓެސްޓް ނައްސިވުމުން ކަމަށެވެ.
މިފަދަ ފިޔަވަޅެއް އެޅީ ރާއްޖޭގައި މި ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާއިރު ރާއްޖެއަކީ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލެއްކަން ކަށަވަރު ކުރުމަށްޓަކައި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އެޗްޕީއޭއިން ވަނީ ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތައް މިދިޔަ މަހުގެ 14 ވަނަ ދުވަހު އާންމުކޮށްފައެވެ.
އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ ތިން ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗްޕީއޭއިން ވަނީ ހަމަޖައްސާފައެވެ.
ރަނގަޅު ނިންމުމެއް