Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފައިނުގައި އެއާޕޯޓު އަޅަން ނިންމުމުން ވައްޑޭގެ ބޮޑު ތުހުމަތެއް!

ފައިނުގައި އެއާޕޯޓު އަޅަން ނިންމުމުން ވައްޑޭގެ ބޮޑު ތުހުމަތެއް!
ރ. އަތޮޅު ދެކުނުބިތުގައި އަޅަން ނިންމި އެއާޕޯޓު ފައިނުގައި އަޅަން ބަދަލުކުރުމާ ގުޅިގެން, އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ސަރުކާރަށް ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ. ފައިނު ހިމެނޭގޮތަށް ނުވަ ސަރަހައްދެއްގައި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ އިންވެސްޓްމަންޓްގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި 5،000،000 މިލިއަން ޑޮލަރު ހިމަނައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ގަރާރެއް ނެރުއްވައިފައެވެ. މިކަމާ ގުޅިގެން ފައިނަށް ނިސްބަތްވެވަޑައިގަންނަވާ ވަހީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ފައިނަކީ މިހާރު ގައުމީ އެއާލައިނުން ބޭނުން ކުރަމުން އަންނަ އޭޓީއާރު މަރުކާގެ ބޯޓުތައް ޖެއްސޭވަރުގެ ރަންވޭއެއް ހެދެން އޮތް ވަރުގެ ރަށެއް ވެސް ނޫން ކަމަށެވެ. އޭނާ ވަނީ އެ ރަށުގައި އެއާޕޯޓު އަޅަން މަސައްކަތް ކުރަނީ ރަށް ފަޅުކޮށް ރަށް ވިއްކާލުމުގެ ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށް ތުހުމަތު ކުރައްވައިފައެވެ. "ފައިނު ރައްޔިތުންގެ މުޅި ދިރިއުޅުން ނައްތާލައި، އެއާޕޯޓެއް އެޅުމުގެ ނަމުގައި ރަށުގެ އާބާދީ އެހެންތާކަށް ބަދަލުކޮށް، ރަށް ފަޅުކޮށް، ރަށް ވިއްކާލުމުގެ ހީލަތްތެރި ރޭވުމެއްގައި ކުރާ ކަމެއް," އޭނާ ވިދާޅުވިއެވެ. ފައިނުގައި އެއާޕޯޓު އަޅަން އެންމެ ފުރަތަމަ ނިންމެވީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް އޭރު އިދިކޮޅުންނާއި ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް ނިކުމެފައެވެ. އަދި "ސޭވް ފައިނު" ނަމުގައި ބޮޑު ކެމްޕެއިނެއް ހިންގާފައިވެއެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނިންމާފައި އޮތީ ފައިނުގެ ބަދަލުގައި ބެރިޔަންފަރުގައި އެއާޕޯޓު އެޅުމަށެވެ.
ފައިނުގައި އަޅަން ނިންމި އެއާޕޯޓް އަނބުރާ ގެނެސްދެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ކެމްޕޭނު ދުވަސްވަރު ރައީސް ވަނީ، އެ އަތޮޅުގެ ދެކުނުބިތަށް އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި،  ފައިނުގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް