ޚަބަރު

17 ރަށަކަށް ލެބޯޓަރީ ސާމާނު ހޯދަން ޗައިނާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ޗައިނާއާ އެކު ވެވުނު އެއްބަސްވުން ދައްކާލަނީ/ ފޮޓޯ: ހެލްތު
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމާ ގުޅޭ "ލެޓަރ އޮފް އެކްސްޗޭންޖު" ގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވުނު އެ ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން އެ ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިންއެވެ. ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލެވެ.
ހެލްތް މިނިސްޓްރީން ބުނީ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު ފަސް އަހަރުގެ މުއްދަތައް ބަހާލައިގެން  ހޯދުމަށް ހަމަޖެހިފައިވާއިރު, ސޮއިކުރެވުނު ލެޓާ އޮފް އެކްސްޗޭންޖުގެ ދަށުން ރާއްޖޭގެ 17 ސިއްހީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބިގެންދާނެ ކަމަށެވެ.
ހިމެނޭ ރަށްތައް
  • ނ. ފޮއްދޫ
  • ގދ. ހޯޑެއްދޫ
  • ހއ. މުރައިދޫ
  • ހއ. މާރަންދޫ
  • ށ.ގޮއިދޫ
  • ބ. ދޮންފަނު
  • ބ. ކިހާދޫ
  • ތ. ދިޔަމިގިލި
  • ގއ. މާމެންދޫ
  • ގއ. ނިލަންދޫ
  • ށ. ނޫމަރާ
  • ޅ. އޮޅުވެލިފުށި
  • އދ. ހަންޔާމީދޫ
  • ވ. ކެޔޮދޫ
  • ކ. ގާފަރު
  • ނ. މާޅެންދޫ
  • އއ. މާޅޮސް
މިނިސްޓްރީން ބުނީ ގެނައުމަށް ހަމަޖެހިފައިވާ ލެބޯރެޓަރީ އިކުއިޕްމަންޓްތަކުން އެ ރަށްތަކުގައި ލެބޯރެޓަރީ ހިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ސިއްހީ މަރުކަޒުތަކުގައިދެމުން ގެންދާ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސް ވެގެންދާނެ ކަމަށެވެ.

Ads by STELCO
Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!