Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރަސްމާލެ މަޝްރޫއާ ގުޅޭ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

ރަސްމާލެ މަޝްރޫއާ ގުޅޭ މައްސަލައެއް އޭސީސީން ބަލަން ފަށައިފި
މި ސަރުކާރުން މިހާތަނަށް ފެށި އެންމެ ބިޔަ އެއް މަޝްރުއޫކަމަށްވާ “ރަސްމާލެ” މަޝްރޫއުއާއި ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ. އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކް "ދެން" އަށް ވިދާޅުވީ،ރަސްމާލެ ނަމުގައި މި ސަރުކާރުން ހިއްކަން ފަށާފައިވާ ފުށިދިއްގަރު ފަޅާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ތަހުގީގް ކުރަމުން އަންނަ މައްސަލައަކަށްވާތީ، މިކަމާއި ގުޅޭ އިތުރު ތަފުސީލު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ރަސްމާލެ ޕްރޮޖެކްޓުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ގިނަ މައްސަލަތަކެއް ހުރި އިރު، ހުޅުމާލެވެސް ހިމެނޭ ގޮތަށް މާލޭ ސަރަހައްދުން 70 ހެކްޓަރ ބިން ބަޔަކަށް ދިނުމަށްފަހު މާދުރުގައި އޮތް ފަޅެއް ހިއްކުމުން އެއީ ހިލޭ ވީކަމެއް ނޫން ކަމަށާއި އެއީ މާލޭގެ އަގު ބޮޑު ބިންދިނުމަށްފަހު ކުރަން ހެޔޮވާވަރުގެ ކަމެއްތޯ ސުވާލުއުފައްދަވައި، މި މަޝްރޫއުއަކީ ސީދާ ކޮރަޕްޝަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވެއެވެ. ރަސްމާލެ މަޝްރޫގެ ދަށުން 1153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކަން ހަމަޖެހިފައި ވެއެވެ.
ރަސްމާލެ ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން 70 ހެކްޓަރުގެ ބިން ދިގު މުއްދަތަކަށް އެ ކުންފުންޏަށް ދީގެންނެވެ.
 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް