ޚަބަރު

އެއާޕޯޓު ލިސްޓުގައި ދާންދޫ ހިމަނަން ރައީސް އަރިހު އެދިއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ/ ފޮޓޯ: މަޖިލީސް

ގއ. ދާންދޫގައި އެއާޕޯޓް އެޅުމަށް، އެއާޕޯޓުގެ ލިސްޓުގައި އެ ރަށް ހިމަނަން ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބް ރައީސް ޑރ މުހައްމަދު މުއިއްޒު އަރިހުން އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

ޔައުގޫބް، ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ގއ. ވިލިނގިލީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމަށް އެއްބަސްވުމުގައި މިއަހަރު ފެބުރުއަރީ މަހުގެ ފަހު ހަފްތާ ތެރޭގައި ސަރުކާރުން ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ނަތިއްޖާ އަކީ އޭގެ ފަހުން ކޫއްޑޫ އޮޕަރޭޝަން ހުއްޓި ދާއިރާގެ ރައްޔިތުން އެއާޕޯޓަށް ކުރަންޖެހޭ ދަތުރުގެ ވަގުތު އިތުރަށް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

''މިއީ މިހާރުވެސް މި ދެމެދުގައި ހޭދަވާ ވަގުތުތަކަށް އިތުރު ދަތިތަކާއި ބުރަ މި ދާއިރާގެ ރައްޔިތުންނަށް އުުފުލަންޖެހޭ ކަމެއްކަން އިއްޒަތްތެރި ރައީސަށް ހަނދުމަ ކޮށްމެވެ''

މި ހިނގާ 2024 ވަނަ އަހަރުގެ ބަޖެޓުގައި ދާއިރާގައި އެއާޕޯޓެއް އެޅުމަށް ހިމަނާފައިވާއިރު ގިނަ ރައްޔިތުން ދެކޭ ގޮތުގައި އެއާޕޯޓު އަޅަން އެންމެ އެކަށީގެންވާ ތަނަކީ ދާންދޫ އާއި ވޮޑަމުއްލާ އާދި ދެމެދު ފަޅުތެރެއިން ބައެއް ހިއްކައިގެންނެވެ. އެއާޕޯޓުގެ ޕްރޮޖެކްޓުގެ ކޮންސެޕްޓާ ކުރެހުންތައް އެ ސިޓީއާ އެކު ޔައުގޫބް ވަނީ ރައީސާ ހިއްސާކުރައްވާފައެވެ.

އެހެންވެ ޔައުގޫބް އެދިވަޑައިގެންނެވީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއާޕޯޓް ތަރައްގީކުރާ ރަށްތަކުގެ ލިސްޓަށް ދާންދޫ ދާއިރާއަށް ބަޖެޓުކޮށްފައިވާ އެއާޕޯޓް އަލުން އިއުލާންކޮށް ދެއްވުމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 24 ދުވަސް ވެފައިވަނިކޮށް އިތުރު ނުވަ ރަށެއްގެ އެއާޕޯޓް އަޅަން ރައީސް ކަނޑައެޅުއްވިއރު އެ ދާއިރާއަށް އެއާޕޯޓެއް ބަޖެޓްކޮށްފައި އޮތް އިރުވެސް އެ ލިސްޓުގައި ހިމަނާފައިނުވާތީ އެކަމާއ ހިތާމަކުރައްވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

''އަޅުގަނޑު އެދެނީ މި ލިސްޓު މުރާޖާއާކޮށް މި ދާއިރާއަށް އެއާޕޯޓެއް ހިމަނައި ލިސްޓު އަލުން އިއުލާންކޮށްދެއްވުމަށެވެ. ނޫންނަމަ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕޭނު ޖަގަހަ ހުޅުއްވައިދެއްވައި އެ ރަސްމިއްޔާތުގެ ތެރެއިން ނަމަވެސް އެއާޕޯޓް ޕްރޮޖެކްޓް އިއުލާންކޮށްދެއްވުމަށެވެ'' ސިޓީ ނިންމަވާލައްވަމުން ޔައުގޫބްގެ ސިޓީގައި ވިދާޅުވިއެވެ.

  1. އަލީ

    ކަލޯގެ 5އަހަރުނިމި ގެއަށްގޮސްފަ ތިކަމާއުޅެންވީނު.