ޚަބަރު

ބަޔާންތައް ލީކުވެ، އަލީގެ ޖިންސީ ގޯނާގެ ވާހަކަތައް އަނެއްކާވެސް ''ހޮޓް'' ޓޮޕިކަކަށް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކުރީގެ މިނިސްޓަރ އަލީ ވަހީދު - ސަން ފޮޓޯ

މިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި ހުންނަވި އަލީ ވަހީދު، ރަސްމީ މަސައްކަތް ކަމަށް ބުނެ އެކި ދަތުރުތަކުގައި އަންހެން ކުދިން ރަށުން ބޭރަށް ގެންގޮސް، އެކުދިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތްކުރި ވާހަކަ ކިޔައިދީފައިހުރި ބަޔާންތަކެއް ލީކް ވެއްޖެއެވެ.

Ads by STELCO

އޭނާގެ ޝިކާރައަކަށްވީ ކުދިން ފުލުހުންނަށް ދިން ކަމަށް ބުނާ އެ ބަޔާންތަކުގައިވާ ގޮތުން، ބައެއް ކުދިން އެ ކުދިންގެ އަންނައުނު ގަދަކަމުން ބާލުވައި، ރޮއެރޮއެ އޮއްވައި ޖިންސީ ގުޅުން ހިންގާފައިވާވެއެވެ.

އޭރު ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތްކުރި މުވައްޒަފުންނަށް އަލީ ވަހީދުގެ ފަރާތުން ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ، އެ މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުންތަކެއް ވަނީ ރައީސަށް ޝަކުވާ ހުށަހަޅައި، ޕޮލިހަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް، މި މައްސަލައިގައި އަލީ ވަހީދު މަގާމުން ދުރުކުރުން ފިޔަވައި އެއްވެސް ފިޔަވަޅެއް ނޭޅި އުޅެނިކޮށް މައްސަލައަށް ވީ ނުވީއެއް ވެސް ނޭންގި، އޮބުނީއެވެ.

މިނިސްޓަރު ކަމުން ވަކިކޮށް ދައުވާ އުފުލި ނަމަވެސް، ކޯޓުގައި ޝަރީއަތް ކުރިއަށް ދަނިކޮށް ކޯޓުން ދިން ހުއްދައެއްގެ ދަށުން އިނގިރޭސިވިލާތަށް ވަޑައިގެން އަލީ ވަހީދު ފިއްލެވީއެވެ. ސުޕްރީމް ކޯޓުން ވެސް އަލީ ވަހީދުގެ މައްޗަށް ހުރުމަތް ކެނޑުމުގެ ހުކުމެއް ޣައިރު ހާޒިރުގައި އިއްވައި، ފަހުން އެ ހުކުމް ބާތިލްކުރީ އެވެ. އޭނާގެ މައްޗަށް އުފުލާފައި އޮތް ދައުވާތައް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ގެންދިޔައީ އަނިޔާ ލިބުނު ކަމަށް ބުނި މުވައްޒަފުން ހެކިބަސް ދޭން ދެކޮޅު ހެދުމުންނެވެ.

މި މައްސަލަ އަނެއްކާވެސް ފެންމަތިވުމާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނަން،" ކަމަށެވެ.

ތޯތޯ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ނުކުރާ ކުށެއްގައި ފްރޭމްކޮށްގެން ދިން އަނިޔާއާއި ލަކުނު އަދިވެސް ނުފިލާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މި މައްސަލަ ފެންމަތިކުރުވައިގެން އުޅެނީ ކާކުކަމާއި، އެކަން ކުރަނީ ކީއްވެގެންކަން އެނގޭކަން އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!