Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނީ އީދު ބަންދަށް ފަހު

މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނީ އީދު ބަންދަށް ފަހު

މި ރޯދަ މަހުގެ ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ކަނޑައަޅާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަށް ނިންމައިފިއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް, މުހައްމަދު އަސްލަމް ވިދާޅުވީ މިހާތަނަށް އަމަލުކޮށްފައިވާ ގޮތުން ޖަލްސާތައް ބާއްވަމުން އަންނަނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ކަމަށެވެ.

އަދި މަޖިލީހުގެ މުވައްޒަފުންގެ ގަވައިދުގައިވެސް، މުވައްޒަފުންގެ މަސައްކަތު ގަޑި އޮންނަނީ ސަރުކާރުގެ މަސައްކަތުގެ ގަޑިއާ އެއްގޮތަށް ކަމަށާއި މިއަދުވެސް ޕާލަމެންޓް ސާވީސްގެ މުވައްޒަފުން މަސައްކަތަށް ނެރުނީ އިތުރު ގަޑީގައި ކަމަށް ވިދާޅުވިއެވެ. އަޅުކަމަށް ވަގުތު ދިނުމަށް މި ރޯދަ މަހު ފަހު ދިހައެއް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އަަސްލަމް ވިދާޅުވީ މަޖިލީހުންވެސް އަމަލުކުރާން ހަމަޖެހިފައިވަނީ އެގޮތަށް ކަމަށެވެ.

Advertisement
Allied — Dhen Online (box)

''އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް ގެންދާނީ އީދު ބަންދު ފަހުން ކަމަށް ދަންނަވަން'' އަސްލަމް ވިދާޅުވިއެވެ.

ދެން ޖަލްސާ އެއް ދެން އޮންނާނެ ތާރީހެއް ފަހުން އަންގާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް