Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުލުހުންނަށް ހޯދުނީ ފަތުރުވެރިއާގެ ކާޑުތައް އެކަނި، ދެ މީހުން ހައްޔަރަށް

ފުލުހުންނަށް ހޯދުނީ ފަތުރުވެރިއާގެ ކާޑުތައް އެކަނި، ދެ މީހުން ހައްޔަރަށް

ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަން ގޮސްއުޅުނު ފަތުރުވެރިއެއްގެ އަގުބޮޑު ޑްރޯން އަކާއި ދަބަހެއް ގެއްލުނު މައްސަލާގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެކަމެއް ހިނގީ ހުސްވި މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. ގެއްލުނީ ބްރެޒިލުގެ ފަތުރުވެރިއެއްގެ މުދާތަކެކެވެ.  ޝޯޝަލް މީޑިއާގައި ފަތުރުވެރިޔާ، އެކަން ހިނގި ގޮތް ކިޔައިދޭ ވީޑިއޯ އެއް ދައުުރުވެފައިއެވެ. އެ މީހާ ކިޔައިދިން ގޮތުން އެކަމެއް ހިނގާފައި ވަނީ އޭނާ ޑުރޯން ދުއްވަން އުޅެފައި މޫދަށް އެރުން ގަޑީގައެވެ.

ޑްރޯން ދުއްވަން ހުއްޓައި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެކުދިން އޭނާ ގާތުގައި އެއާއި ބެހޭ ގޮތުން ސުވާލުކުރިއެވެ. އޭގެ ފަހުން މޫދަށް އެރި އުޅެނިކޮށް ސައިކަލުގައި އައި ބަޔަކު އޭނާގެ ދަބަހާއި ޑްރޯން ގެންދިޔަ ކަމަށް އެ ފަތުރުވެރިޔާ ކިޔައިދިނެވެ.

Advertisement
Allied Insurance — Square (box)

ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގް ''ދެން'' އަށް ވިދާޅުވީ، އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުން ދީފައިވާ ކަމަށެވެ. އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތު، ހިއްސާ ނުކުރިޔަސް މޭޔަރު ވިދާޅުވީ ވަގަށް ގެންދިޔަ ތަކެތީގެ ތެރެއިން ފެނުނީ ބައެއް ތަކެތި ކަމަށެވެ.

''ކާޑުތަކެއް ހޯދުނު ވާހަކަ ފުލުހުން ވަނީ އަންގާފައި'' ރަފީގް ވިދާޅުވިއެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަށް ކުރި މެސެޖަށް ޖަވާބެއް ދީފައިނުވާތީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް