Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އުރީދޫ އަތޮޅު ދުވުމުގެ މިމަހުގެ އިނާމަކަށް އިންސްޓާ360 ކެމެރާއެއް!

އުރީދޫ އަތޮޅު ދުވުމުގެ މިމަހުގެ އިނާމަކަށް އިންސްޓާ360 ކެމެރާއެއް!

އުރީދޫގެ "އަތޮޅު ދުވުން" ގޭމް މި މަހު ކުޅެގެން ލީޑަބޯޑުގެ އެއް ވަނަ އަށް ދާ މީހަކަށް ސީ ގިއާގެ ފަރާތުން އިންސްޓަ360 ކެމެރާއެއް ދޭން ނިންމައިފިއެވެ.

"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަރގޭމެވެ. އުރީދޫން ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް" ގެ ދަތުރުގައި މި ފަހަރު ރާއީ ދުވެފައި ދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.

ގޭމްގެ މި މަހުގެ އަޕްޑޭޓް މިހާރު އެޕް ސްޓޯރާއި އަދި ގޫގުލް ޕްލޭސްޓޯރުން ލިބޭނެއެވެ. މި މަހު "އަތޮޅު ދުވުން" ފެނިގެން ދާނީ ބ. އޭދަފުށިންނެވެ.

Advertisement
Ooredoo — Truecaller (box)

މި ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާ ލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެމަހަކުއެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ވެސް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް