Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވަގުން ހެލްމެޓް ގެންދިޔައީ ބަލަން ތިއްބާ

ވަގުން ހެލްމެޓް ގެންދިޔައީ ބަލަން ތިއްބާ

ޕާކްކޮށްފައި ސައިކަލެއްގައި އަޅުވާފައި އޮތް ހެލްމެޓެއް ވަގަށް ނެގި މީހަކު ދެނެގަތުމުގެ މަސައްކަތް ފުުލުހުން ފަށައިފިއެވެ.

ޕާކިން ޒޯނުގައި ހުރި ސައިކަލެއްގެ ހުންގާނުގައި އަޅުވާފައި އޮތް ހެލްމެޓެއް ވަގަށް ގެންދާ މަންޒަރު ފެންނަ  ސީސޓީވީ ފުޓޭޖް ވީޑިއޯއެއް ދަނީ ސޯޝަލް މިޑިއާ ގައި ދައުރުކުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ ފިހަަރާ ބަރިއެއް ކުރިމަތި އޮތް ޕާކިން ޒޯނެއްގައި ޕާކްކޮށްފައި ހުރި ސަައިކަލުތަކެކެވެ. އެ ތަނުން އެއް ސައިކަލުގެ ހުންގާނު މަތީގައި ހެލްމެޓެއް އަޅުވާފައި އޮންނަ ތަން ފެނެެއެވެ. ސީދާ ކޮން ސަރަހައްދެއްކަން އެހާ ބޮޑަށް ސާފުނުވިޔަސް ބެލެވޭ ގޮތުގައި އެއީ ހުޅުމާލޭ ދެވަނަ ފޭސްއެވެ.

Advertisement
HDC — Sidebar (box)

ދެން ފެންނަނީ ދެ މީހަކު ދުއްވާފައި ގޮސް ޕާކް ކޮށްފައި ހުރި ސައިކަލް ކައިރީ މަޑުކޮށްލާ މަންޒަރެވެ. ފަހަތުގައި އިން މީހާ ވަރަށް 'ހަމަޖެހިލައިގެން' ހެލްމެޓް ނެގުމާއެކު، އެ ސައިކަލު އެ ސަރަހައްދު ދޫކޮށް ދެއެވެ. ހެލްމެޓް ވަގަށް ގެންދިޔަ ވަގުތު އެ ސަރަހައްދުގައި މީހުން ހަރަކާތްތެރިވަމުންދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އެ ގެންދިޔައީ އެމީހުންވެސް ކުރިމަތީގައެވެ.

https://twitter.com/Adamiington/status/1775264618354729323

އެ ވީޑިއޯ ރި-ޕޯސްޓްކޮށް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ވީޑިއޯގައި ފެންނަ އަމަލު ތަހުގީގުކުރަމުންދާ ކަމަށެވެ. އެކަން ކުރިކަމަށް ތުހުމުތުކުރެވޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި ރޯދަ މަހު މާލެ ސަރަހައްދުގައި ވައްކަމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް މިސްކިތްތަކުން ވައްކަންކުރާ މައްސަަލަތައް ވަނީ ގިނަވެފައިވާއިރު ގިނައިގެން ވަގަށް ގެންދަނީ ފަންކާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް