Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަޅުގަނޑު ދޮގެއް ނަހަދަން، ދޮގު އުފަންކުރަނީ އިދިކޮޅުން: ރައީސް

އަޅުގަނޑު ދޮގެއް ނަހަދަން، ދޮގު އުފަންކުރަނީ އިދިކޮޅުން: ރައީސް
އިދިކޮޅު ފަރާތްތަކުން ގެންދަނީ ކޮންމެ ކަމެއްގައި ރައްޔިތުންނަށް އޮޅުވާލަމުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އާންމުންނަށް ސުވާލުކުރެވޭ ގޮތަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ ''ރައީސް ޖަވާބު'' ގެ މިއަދުގެ އެޕިސޯޑު ގައި އާއްމުންގެ މީހަކު ބުނީ ރައީސް އިތުރުފުޅު ހައްދަވާ ކަމަށް އަޑުތައް ފެތުރެމުންދާ ކަމަށެވެ. އެހެންވެ އެ ވާހަކަތަކުގެ ހަގީގަތް އޮޅުން ފިލުވައި ދިނުމަށް އޭނާ ވަނީ ރައީސް ގާތު އެދިފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާ ކަންތައްތަކަށް ދޭނެ ޖަވާބެއް ނެތީމަ އިދިކޮޅުން ތަކުރާރުކޮށް ދޮގުތައް ހަދަމުން ގެންދަވާ ކަމަށެވެ. ''ވާހަކަ އުފަންކުރުވަނީވީ'' ރައިސް ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު ދެއްކެވި ހުރިހާ ވާހަކަ އެއް ފޮތެއްގެ ސިފައިގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ. އެ ފޮތުގައި ހުރިހާ ވާހަކައެއް އޮތްއިރު އޮޅުވާލާނެ އެއްވެސް ސަބަބެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. https://twitter.com/governmentmv/status/1775864039572460005
އަހާ ފޯރަމްގައި ދެއްކި ވާހަކަވެސް ހުރިހާ ޕްރެސްއެއްގައި ދެއްކި ޖަވާބުތައްވެސް އެހެރީ ފެންނަން.... ﷲ ދެކިވޮޑިގެންވާނެކަން، ދެނެވޮޑިގެންވާނެކަން ހަނދާނުގައި ބަހައްޓައިގެން އަޅުގަނޑުގެ ލަޔާގަތާއި ގާބިލުކަން ތަން ތިން އެންމެ ފުރިހަމަ ގޮތަށް ސަރުކާރުން އެކަންކަން ކުރުމުގެ ނިޔަތުގައި އެ މަަސައްކަތް އެގޮތަށް ކުރުުމަށްޓަކައި
ރައީސް ވިދާޅުވީ ކޮންމެ މައުޝޫއަކަށް ބެލިޔަސް އިދިކޮޅުން އަމިއްލަ ވާހަކަތައް ހަދައިގެން ނުވަތަ މުޅިން އާ ވާހަކަތަކެއް އުފަންކޮށްގެން ފަތުރަމުންދާ ކަމަށެވެ. ''އަޅުގަނޑު ކަމެއް އޮޅުވާލާ ދޮގު ހަދައިގެން ރައްޔިތުންނަށް ކަންކަމުގައި ދެރަ ދޭނެ މީހެއް ނޫން މީކީ،'' ރައީސް ރައްޔިތުންނަށް ގޮވާލެއްވީ އިވޭ ވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ. އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި މީހަކު ދެއްކި ވާހަކައެއް ކަމަށްވިޔަސް އެ ވާހަކަ އަމިއްލަ އިން ''އެނެލައިޒް'' ކުރަން ރައީސް އެދިވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް