Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މީހުން ދެނެގަނެފި

ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މީހުން ދެނެގަނެފި

އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ދެ މީހަކުވެގެން ފާހާނާއެއްގެ ތެރޭގައި ހުރި ކުއްޖަކަށް އަނިޔާކުރަމުންދާ މަންޒަރެވެ. އެ ކުއްޖާ ފާހާނާ އަށް ވައްދާފައި ކޮށްފައިވާ އަނިޔާ އެއް ކަމެއް ނުވަތަ އެ ކުއްޖާ ފާހާނާ ތެރޭގައި ހުއްޓާ ކުރި އަނިޔާތަކެއް ކަމެއް ވީޑިއޯއިން ސާފުކޮށެއް ނޭނގޭއެވެ.

Advertisement
HDC — Sidebar (box)

ހަޑި ހުތުރު ބަހުން އެ ކުއްޖާއާ ދިމާލަށް އެއްޗެހި ގޮވަމުންދާ މަންޒަރުވެސް ފެންނަ އެ ވީޑިއޯ އަކީ މިސްކިތެއްގެ ފާހާނާގައި ނަގާފައި ވީޑިއޯއެއްކަން އެނގެނީ، އެ މީހުން ކުއްޖާއާ ވާހަކަ ދައްކަމުން ދިޔަ ގަޑީގައި ގުރުއާނުގެ އަޑުއިވެމުންދާތީއެވެ.

އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި، ބޮލަށް އޮއްސާލާ މަންޒަރުވެސް ފެންނައިރު، ގުދާރު މަތީ ގޮށްމުއްކަވާފައި އެތައް ފަހަރަކު ޖަހައެވެ.

އެހެން ނުހަދައި ދޫކޮށްލަން އެ ކުއްޖާ އެދުމުން އެ މީހުން އަމުރުކުރީ ކުޑަކަކޫ ޖަހާފައި އާދޭސްކުރާށެވެ. އަދި އެގޮތަށް އެކުއްޖާ ކަންތައް ކުރަން ފެށުމުން ފައިން އެ ކުއްޖާގެ ބޮލުގައި ޖަހާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެއެވެ.

އެ ވީޑިއޯގައި އެކުއްޖާއަށް އިންޒާރުދީ އަނިޔާކުރަމުންދަނީ ކޮންމެވެސް ވާހަކައެއް ނުދެއްކުމަށް ބުނަމުންނެވެ. "ނުކިޔައްޗޭ އެކަހަލަ އެއްޗެހި ދެން" ތަކުރާރުކޮށް އަނިޔާކުރި ދެމީހުން އައީ މިހެން ބުނަމުންނެވެ.

އެކަމާއި ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރުގެ އިތުރުން އަލީ ޝުޖާއުގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ 'އެކްސް' ގައި ޕޯސްޓު ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ <span class="css-1qaijid r-bcqeeo r-qvutc0 r-poiln3">ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފުލުހުންގެ </span><span class="css-1qaijid r-bcqeeo r-qvutc0 r-poiln3">ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަންކުރި ފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށެވެ.</span>

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް