ޚަބަރު

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަހަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ ސިޓީގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފަށައިފިއެވެ.

Ads by STELCO

1444 ވަނަ އަހަރު ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީގައި ފިޠުރުޒަކާތް ބެހުން ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. މި ދެ ދުވަހު، ޒަކާތް ބަހަމުންދާޏީ އަމީނިއްްޔާ ސްކޫލްގެ ހޯލުގައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ބެހުން ކުރިއަށް ދާނީ މިއަދު ހެނދުނު 11:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. މާދަމާ ތަކެތި ބެހުން ކުރިއަށް ދާނީ ހެނދުނު 11:00 އިން ހަވީރު 3:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 4.4 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ޒަކާތް ދައްކާފައިވާ ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!