Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުޅުމީދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ހުޅުމީދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ސ. ހުޅުދޫ އާއި މީދޫގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެކަން ހާމަކުރެއްވީ މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ) އާއެވެ.

Advertisement
Allied Insurance — Square (box)

'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ސ.ހުޅުދޫގައި 11.7 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި ސ.މީދޫގައި 20.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މުއްތަލިބު ވިދާޅުވީ މަޝްރޫއުގެ ދަށުން ދެ ރަށުގެ ފަރު ހިމާޔަތް ކުރުމަށް ކުރާނެ ކަމަށާއި، އެކަން ކުރުމަށް ފަސް ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީދޫ އާއި ހުޅުދޫގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ޖުމްލަ 180 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މުއްތޮލިބު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންފައިވާ ވައުދުފުޅެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކޮށް އެ ރަށްރަށާއި ފަޅުތެރެ ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް