ދަފްތަރަށް ގެންގުޅޭ ސިޔާސަތާއެކު މޫކޭގެ މެނިފެސްޓޯ
އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރައްވާ އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ގެ މެނިފެސްޓޯ މިރޭ ލޯންޗުކޮށްފިއެވެ.
ގްރޭޓާ މާލެ ސަރަހައްދު، ހާއްސަކޮށް ހުޅުމާލޭގައި ދިމާވެފައިވާ އިޖުތިމާއި މައްސަލަތަކުގެ ހައްލުތައް ހިމެނޭ މޫކޭގެ މެނިފެސްޓޯ ލޯންޗުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
މޫކޭގެ މެނިފެސްޓޯގައި މާލޭގެ ދަފްތަރުގެ މައްސަލައަށް ހައްލު ގެނައުމަށް ހާއްސަ އިސްކަމެއްދީފައިވެއެވެ. މޫކޭ ވިދާޅުވާ ގޮތުންނަމަ މާލޭގެ ދަފްތަރަކީ ޒަމާނުއްސުރެ އެކި ގޮތްގޮތުން އެންމެ ބޮޑަށް ބޭއިންސާފު ތަހައްމަލު ކުރަމުންދާ ދިވެހިން ހިމެނޭ ލިސްޓެވެ. ދަފްތަރުގައި ޖެހިފައި ތިބޭ މީހުން އޮންނަނީ އެކަނި ވޯޓަށް ބޭނުންކުރާ މައިނޯރިޓީއެއްގެ ގޮތުގައި ކަމަށް މޫކޭ ދެކިވަޑައިގަންނަވައެވެ. މައްސަލައިގެ އަސްލަށް ފީނާ ބަލާއިރު ޖާގާލިބޭ ގާނޫނުތަކަށް ބަދަލު ގެނެސް މުޅި މައްސަލައަށް ފަސޭހަކަމާއިއެކު ހައްލު ކުރެވޭނެ ކަމަށް މޫކު ވިދާޅުވިއެވެ.
އެކަމަށްޓަކައި ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާހިނދު މޫކޭގެ ފުރަތަމަ ހުށަހެޅުމަކީ ދަފްތަރު ރައްޔިތުންނަކީ މިހާރު ނިސްބަތްވާ ދާއިރާއިން އިލެކްޝަން ކޮމިޝަނުން ބޭނުންއިރަކު ބަހާލުން ހުއްޓުމަށް ގެނައުމެވެ. އެ ގޮތުން އެ ރައްޔިތަކު އަމިއްލަ އަށް އެދިގެން ނޫން ގޮތަށް މިހާރު އޮތް ދާއިރާ ބަދަލުނުކުރެވޭ ގޮތަށް ގާނޫނޫގައި އެ ވާހަކަ ލިޔުން ނުވަތަ އިސްލާހު ހުށަހެޅުން މޫކޭގެ މެނިފެސްޓޯގައި ހިމެނެއެވެ.
ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި މޫކޭގެ މެނިފެސްޓޯގައި ހިމަނާފައިވަނީ ދަފްތަރުވެފައިވާ މީހުންނަކީވެސް މާލޭގެ ރައްޔިތުންނޭ އެއް ފަދައިން ހަމަހަމަކަމާއެކު މާލޭގެ ރައްޔިތުންނަށް ހުޅުވާލާ ކޮންމެ ފުރުސަތެއް ހައްގުވާ ބަޔަކަށް ހެދުމަށް ރަށްވެހިކަމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމެވެ.
''މިފަދައިން ގާނޫނު އިސްލާހު ކުރުމުން މުޅި މައްސަލައިގެ އަސްލަށް ފަރުވާ ލިބިގެންދާނެއެވެ. އެއީ އުފަން ތަނާއި ދިރިއުޅޭ މުއްދަތު ފަދަ ބާކީ ކުރުމަށް ހެދިފައިހުރި ބާގަނޑު ބަންދުވެގެން ދާނެތީއެވެ'' މޫކޭ ވިދާޅުވިއެވެ.
ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭ ފޭސް ދޭކަށްވެސް މޫކޭގެ ބޮޑު ތަސައްވަރެއް އެބައޮތެވެ. މޫކޭ ވިދާޅުވާ ގޮތުންނަނަމަ އެ ސަރަހައްދުގައި އިޖްތިމާއީ މައްސަލަތައް އެހާމެ ގިނައެވެ.
މަޖިލީހަށް އިންތިހާބުވެވަޑައިގެންފިނަމަ ފޭސް ދޭއްގައި 24 ގަޑިއިރުގެ ސިއްހީ ފަރުވާ ލިބޭނެ ހޮސްޕިޓަލެއް ގާއިމުކުރުމަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާދޭނެ ނިޒާމެއް ގާއިމްކުުރުމަށް މޫކޭ ވަކާލާތު ކުރައްވާނެއެވެ.
އަދި ފޭސް ދޭއްގެ އާބާދީއަށް ބޭނުންވާ ވަރަށް ދާއީމީ ސްކޫލުތައް އެޅުމަށް މޫކޭ ވަކާލާތު ކުރައްވާނެއެވެ. މެނިފެސްޓޯގައި މޫކޭ ދެއްވި ޔަގީންކަމަކީ ހިޔާ އާއި އެ ނޫންވެސް ފްލެޓްތަކުން ނަގަމުންދާ މެއިންޓެނެންސް ފީ ނެގުމަށް މެއިންޓެނެންސް ނުކުރާ މައްސަލަ ހައްލުކުރާނެ ކަމެވެ.
އުތުރު ހުޅުމާލޭގެ ގެދޮރުވެރިންނަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކޮށް ޕާކިން ބިލްޑިންތައް ގެނައުމަށް ހަރުއަޑު އުފުލާ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށްވެސް މޫކޭގެ މެނިފެސްޓޯގައިވެއެވެ.
އުތުރު ހުޅުމާލޭގެ ރަށްވެހިންނަށް ހުޅުމާލޭގެ ބިމުގެ ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށް ގަދައަޅާ މަސައްކަތް ކުރުމާއި ދުޅަހެޔޮ އާރުލާ ޒުވާން ޖީލެއް ބިނާކުރުމަށް އުނގެނުމާއި ފަންނު ދަސްކުރުމާއި ވިޔަފާރިއަށް ފަހި ފުރުސަތު ހޯދަން ޒުވާނުންގެ ވިސްނުން އިސްކުރާނެ ކަމުގެ ޔަގީންކަން މޫކޭ ދެއްވައެވެ.
ވަގުން ގިނަ ޤައުމެއް ދުނިޔެ މަތީގައި އޮއްނަމަ އެއީ ދިވެހިރާއްޖެ !
މާލެ އާއި ރާއްޖޭގެ ހުރިހާ ގެއެއްގަވެސް މީހުންގެ ދަފްރެއް އޮވޭ . އެ ދަފްތަރަށް ކިޔަނީ އެގޭގަ ރަޖިސްތަރީ ވެފައިވާ މީހުންގެ ރަޖިސްޓަރީ. މާލޭ މިނިސިޕަލްޓީ ނުވަތަ މާލޭ ސިޓީ ކައުންސިލް ގަ އޮންނަ ދަފްތަރު ނުވަތަ މާލެގަ ރަޖިސްތަރީވާނެ ތަނެއް ލިބެންނެތް ފަރާތަތައް ރަޖިސްޓަރީ ކުރުމަށް އޮންނަ މާލޭ ރައެވެހިންގެ ހާއްސަ ރަޖިސްޓަރީ ގަ ތިއްބަވާ ބޭފުޅުން އެބޭފުލަކު ދިރިއުޅުއްވާ ގާގެ ނަން ނުވަތަ ދާއިރާ ކަމާއިބެހޭ ފަރާތަށް އެންގެވުމުން ޥޯޓް ރަޖިސްތަރީގަ އެ ދިރިއުޅޭ ސަރަހައދުގަ ހިމެނިދާނެ. މުނިސިޕަލްޓީގެ ދަފްރަރޭ ކިޔާފަ މާލޭގެ ދިމަދިމާލަށް ބަހާކަށެއް ނުޖެހޭނެ. ކޮންމެ ދަފްތަރެއްގަ އޮތަސް އެއީ މާލޭގެ ރައވެއްސެއްގެ ގޮތުގަ ރަޖިސްތަރީ ވެފައިވާ މާލޭގެ ރައޔިތެއް .މާލޭގެ ރައޔިތެއްގެ ގޮތުގަ ތިއްބެވި ބޭފުޅުން މިކިޔާ އާއިލާތަކަށް ބަލާއިރު ދަރަވަންދޫން ކެލައިން ފުވައމުލަކުން ވިލިނގިލިން މިހެންގޮސް ކޮންމެވެސް ރަށަކުން މާލެއައސް ވަޒަންވެރިވެފަިވަކަން އެގެން ނެތް އާއިލާ އެއް މާލެއަކުނެތް.
މިހާތަނަށް ދަފްތަރު މީހުންނަށް އެންމެ ބޮޑު ނިކަމެތި ކަމެއް ދިނީ އެމް.ޑީ.ޕީ ވެރިކަމުގަ، ހުޅުމާލެއިން ގޯތި ހިލޭ ދިން އިރު އެމީހުންނަށް ރާއްޖޭގެ އެއްވެސް ތަނަކުން ގޯއްޗަށް ކުތިމައްޗެއް ނުލެވޭ. ޜެފިއުޖީންގެ ގޮތުގަ ހެއްދެވި. ދެން މިއަދު ކޮން މުންޖެއް ކިޔާކަށްތަ!