ޚަބަރު އިޖުތިމާޢީ

ބާ މުސްހަފްތަކާއި ގުރުއާންގެ އާޔަތްތައް ހިމެނޭ ފޮތްތަށް ނައްތާލެވޭނެ ނިޒާމް ހަޖައްސައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
މާލެ ސިޓީ ކައުންސިލް

ބާ މުސްހަފްތަކާއި ގުރުއާންގެ އާޔަތްތައް ހިމެނޭ ފޮތްތަށް ނައްތާލެވޭނެ ނިޒާމް ހަޖައްސައިފިއެވެ.

Ads by STELCO

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލާނެ ގޮތެއް ހަމަޖެއްސުމަށް އެ އިދާރާއިން ވަނީ ނިންމާފައި ކަމަށެވެ.

އެގޮތުން އަހަރަކު 2 ފަހަރު ގޭގެއިން ގެނެސް އެ އިދާރާއާ ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މިގޮތުން، މި އަހަރުގެ ފުރަތަމަ ފަހަރު، ގޭގެއިން ގެންނަ އެފަދަ ތަކެތި ސިޓީ ކައުންސިލަށް ބަލައިގަތުމުގެ އިންތިޒާމް، 27 އޭޕްރީލް 2024 ން 2 މެއި 2024 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 4:00 އަށް އެ އިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި) ވަނީ ހަމަޖެހިފައިއެވެ.

މި ހިދުމަތް ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަންގައި ވަނީ ހަމަޖެހިފައި ކަމަށްވެސް އެ އިއުލާންގައި ވަނީ ބުނެފައިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!