ޚަބަރު ސިޔާސީ

ޝުޖާއު އެނބުރި މަޖިލީހަށް، އެންމެ ގިނަ ވޯޓާއެކު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އެންމެ ބޮޑު ފަރަގަކާއެކު މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި ސުޖާއު - ފޮޓޯ: ދެން އިމޭޖަސް

20ވަނަ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް އިއްޔެ ނެގި ވޯޓުގައި އެންމެ ގިނަ ވޯޓުހޯދައި، އެންމެ ބޮޑު ފަރަގަކުން ހއ. ބާރަށު ދާއިރާއަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރެއްވި ކެނޑިޑޭޓް އިބްރާހިމް ޝުޖާއު އިންތިހާބު ކާމިޔާބުކޮށްފިއެވެ.

Ads by Hajj Corporation

ބާރަށު ދާއިރާއަށް ޝުޖާއުގެ އިތުރުން ދެ ކެނޑިޑޭޓަކު ވާދަކުރައްވާފައިވެއެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރެއްވި ކެނޑިޑޭޓް އަލީ އަސްގަރު އާއި އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓް މުޖުތަބާ އަލީ އެވެ.

އެ ދާއިރާއަށް ޖުމުލަ 3،483 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓު ލައިފައިވަނީ އޭގެ ތެރެއިން 2،978 މީހުންނެވެ. ވޯޓުލީ މީހުންގެ ތެރެއިން 2،931 ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ގުނިފައިވާއިރު، ޝުޖާއުއަަށް 2،447 ވޯޓު ލިބިފައިވެއެވެ. އެއީ 83.49 އިންސައްތައެވެ.

އަސްގަރު އަށް ލިބިފައިވަނީ 468 ވޯޓާއިއެކު، 15.97 އިންސައްތައެވެ. އަދި މުޖުތަބާ އަށް ލިބިފައިވަނީ 16 ވޯޓާއެކު، 0.55 އިންސައްތައެވެ.

މިހާރު މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާގެ މެމްބަރު ޝުޖާއު އަކީ ބާރަށަށް އުފަން، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރައްވައި އެ ގޮނޑި ފުރުއްވި މެންބަރެކެވެ.

ޝުޖާއު ވަނީ ޕީޕީއެމް/ޕީއެންސީ ކުރިއެރުވުމަށް ވެސް އިސްދައުރެއް އަދާކުރައްވާފައެވެ. އެގޮތުން، އެއީ އެ ކޯލިޝަން ކޯލިޝަން އިދިކޮޅުގައި އޮތް އިރު އެންމެ އިސްކޮށް ސިޔާސީ މަސައްކަތް ކުރެއްވި އެއް ބޭފުޅެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!