Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެމްޑީޕީ ސަޕޯޓަރުން ރަތަށް، ލީޑާޝިޕް އިސްތިއުފާ ދޭން ގޮވަނީ

އެމްޑީޕީ ސަޕޯޓަރުން ރަތަށް، ލީޑާޝިޕް އިސްތިއުފާ ދޭން ގޮވަނީ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާ އެކު އެ ޕާޓީގެ ލީޑާޝިޕް އިސްތިއުފާދޭން ޕާޓީގެ އާންމު މެންބަރުން ގޮވާލަމުންދާ އަޑު ގަދަވެއްޖެއެވެ.

އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އިން މަޖިލީހުގެ 65 ގޮނޑި ކާމިޔާބުކޮށް ސުޕަމެޖޯރިޓީ ވަނީ ހޯދާފައެވެ. އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެެވެ.

މީގެ ކުރިން އެމްޑީޕީން ކޮންމެ އިންތިހާބެއް ކަހަލަ ގޮތަކަށް މެޖޯރިޓީ ހޯދަމުން ދާއިރާތަކުންވެސް މި ފަހަރު ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ބޮޑެތި ސިޓީތަކުންނާއި އާބާދީ ބޮޑު ސަރަހައްދުންވެސް މެޖޯރިޓީ ހޯދީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންނެވެ.

Advertisement
Allied — Dhen Online (box)

އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ''މާޔޫސްވެއްޖެ'' ކަމަށެވެ.

މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒުގެ އެ ޕޯސްޓަށް 90 އަށްވުރެ ގިނަ މީހުން ކޮމެންޓުކޮށް 80 އަށްވުރެ ގިނަ މީހުން ރީޓްވިޓް ކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބާ މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި މި ނާކާމިޔާބުގެ ޒިންމާ ނަގާނީ ކާކުތޯ، ފައްޔާޒުގެ ޕޯސްޓަށް ކޮމެންޓު ކުރީ މީހަކު ބުންޏެވެ.

ފޮނަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަދި މީގެ ކުރިން އެމްޑީޕީގައި ވެސް މަސައްކަތް ކުރެއްވި ސިރާޖު ވިދާޅުވީ، އެމްޑީޕީ ބަލިވުމުގެ ޒިންމާ ނަގަން ޖެހޭ ބޭފުޅަކީ ފައްޔާޒު ކަމަށެވެ.

''ތިކަމުގެ ޒިންމާ ނަގަންޖެހޭ އެންމެ އިސް މީހަކީ ފަޔާ. ރީތި ގޮތަކީ އިސްތިއުފާދިނުން.'' ސިރާޖް ވިދާޅުވިއެވެ.

https://twitter.com/faya_i/status/1782104735316844947

އެހެން މީހަކު ކުރި ޕޯސްޓެއްގައި ބުނީ ''ހިންގާލަން'' އައި މީހުން ހިންގާލި ހިންގާލުމުން ޕާޓީ ރޫޅި ވެރިކަން ގެއްލި އެންމެ ފަހުން ލަދުވެތި ގޮތަކަށް މަޖިލީސް ގެއްލުނީ ކަމަށެވެ. އެހެންވެ އޭނާވެސް ގޮވާލީ ލީޑާޝިޕް އިސްތިއުފާ ދިނުމަށެވެ.

އެމްޑީޕީގެ ލީޑާޝިޕު އިސްތިއުފާ ދޭން ގޮވާލާފައިވާއިރު އެ ޕާޓީގެ ރައީސަކަށް ހުންނެވި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި ޕާޓީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް