ޔޫރަޕުގައި ޗައިނާއިން ޖާސޫސްކުރި ކަމަށް ޝައްކުކުރެވޭ މައްސަލަތަކެއް
ޔޫރަޕިއަން ޕާލަމެންޓުގެ އެހީތެރިއަކު ޖަރުމަނުވިލާތަށް ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ޖަރުމަނުވިލާތުން އޭނާ ހައްޔަރުކުރުމަކީ ޗައިނާއިން ޔޫރަޕްގައި ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ހިނގި ސިލްސިލާ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ. ބެއިޖިން އިން ވަނީ އެފަދަ ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ.
ޗައިނާއިން ޖާސޫސްކުރާ ކަމަށް ބުނާ މައްސަލަ ފަހަކަށް އައިސް ހުޅަނގު ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ވަނީ އުފެދިފަ އެވެ. ޖާސޫސް ކުރުމުގެ މައްސަލާގައި ބެއިޖިން އާއި ހުޅަނގުގެ ބާރުތަކާ ދެމެދު ނުތަނަވަސްކަން އުފެދިފައި މިވަނީ ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ޗައިނާގެ ދައުލަތުގެ އެހީގައި ހެކްކުރުމުގެ ހަރަކާތާ މެދު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ފަހަކަށް އައިސް ޗައިނާއިން ވެސް ވަނީ ހުޅަނގުގެ ހެކިން އޮޕަރޭޝަންތައް ހިންގަން ފަށައިފަ އެވެ.
ތިރީގައި މިވަނީ ޔޫރަޕުގައި ދާދި ފަހުން ފާހަގަކޮށްލެވޭ ކޭސްތައް ފެންމަތިވުމެވެ.
ޖަރުމަން
އޭޕްރީލް 23 - ޖަރުމަނުގެ ޕްރޮސެކިއުޓަރުން ބުނީ ޔޫރަޕިއަން ޔޫނިއަންގެ ގާނޫނު ހަދާ މަޖިލީހުގައި ދެކެވުނު މަޝްވަރާތަކުގެ މައުލޫމާތު ޗައިނާގެ އިންޓެލިޖެންސަށް ދިން ކަމުގެ ތުހުމަތުގައި ޖިއާން ޖީ ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޖަރުމަނުގެ ހަރުކަށި ފިކުރުގެ އޭއެފްޑީ ޕާޓީގެ އެސެމްބްލީއަށް ޖޫން މަހު ބޭއްވި އިންތިހާބުގައި އެ ޕާޓީގެ އެންމެ އިސް ކެނޑިޑޭޓް މެކްސިމިލިއަން ކްރަހްގެ ވެބްސައިޓުގައި އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ޖިއާން ގުއޯ ހިމަނާފައިވެ އެވެ. ކްރަހް ވިދާޅުވީ ގުއޯ ހައްޔަރުކުރިކަން މީޑިއާއިން އެނގުނު ކަމަށާއި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއާ އެކު މަސައްކަތް ކުރުން ހުއްޓާލާނެ ކަމަށެވެ.
ބްރަސެލްސް އާއި ޖަރުމަނުގެ ޑްރެސްޑެން ސިޓީގައި ދިރިއުޅެމުން ދިޔަ ޖިއާން ޖީ ވެސް ވަނީ ޖަރުމަނުގައި ތިބި ޗައިނާގެ އިދިކޮޅު ފަރާތްތަކަށް ޖާސޫސް ކޮށްފައި ކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ. "އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ފޮރިން ސީކްރެޓް ސާވިސްއެއްގައި މަސައްކަތް ކުރި ކަމުގެ ހާއްސަ ސީރިއަސް މައްސަލައެއްގެ ތުހުމަތެވެ،" ބަޔާނުގައިވެ އެވެ.
އިންޓީރިއާ މިނިސްޓަރު ނޭންސީ ފައިސަރު ވިދާޅުވީ ދައުވާ ސާބިތުވެއްޖެ ނަމަ އެއީ "އެތެރޭން ޔޫރަޕްގެ ޑިމޮކްރަސީއަށް ދިން ހަމަލާއެއް" ކަމަށެވެ. ރަޝިއާގެ ހައިބްރިޑް އިންޒާރުތަކާއި ޗައިނާގެ ޖާސޫސީ އަމަލުތަކުގެ ސަބަބުން ޖަރުމަނުވިލާތުން ކައުންޓައެސްޕިއޮނޭޖް ވަރަށް ބޮޑަށް އިތުރުކުރި ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޗައިނާ އެމްބަސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ބެއިޖިންގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވީ ޔޫރަޕުގައި ޗައިނާއިން ޖާސޫސްކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ "ހައިޕް" ވާހަކަތަކެއް ކަމަށާއި އޭގެ ބޭނުމަކީ ޗައިނާ ބަދުނާމުކޮށް ކަނޑުވާލުން ކަމަށެވެ.