ޚަބަރު

އަންނަ މަހުން ފެށިގެން ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނަގަން ފަށާނެ: އިޙްސާން

ރައުފާ ރަޝީދު ، ދެން އޮންލައިން

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަންނަ މަހުން ފެށިގެން ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނަގަން ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކި ވަޒީރުންނާއި ސުވާލުކުރުމަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އަހާ" ފޯރަމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިޙްސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި ނަމަވެސް އެއީ ކިހާ އަދަދެއް ކަމަށް އަދި ދަންނަވަން ނޭނގޭ ކަމަށެވެ.

މިހާރު ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހާމަކުރައްވަމުން އިހްސާން ވިދާޅުވީ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމަށްފަހު ވޯކް ޕާމިޓްތަކާ ދިމާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ވޯކް ޕާމިޓާއި ޕާސްޕޯޓު ވެސް ނެތް މީހުން ކަމަށް އިހްސާން ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިހާރު ކުރަމުން މިދާ މަސައްކަތަކީ މިހާރުން ފެށިގެން އެއް އަހަރު ތެރޭ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން، ހާއްސަކޮށް އަންސްކިލްޑް ލޭބަރ ކެޓެގަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ފިންގަޕްރިންޓް ނަގާފަ އެމީހުންގެ ފޮޓޯއެއް ނަގާފަ އަޅުގަނޑުމެންގެ އަތުގަ މިހާރު ހުރި ވޯކް ޕާމިޓްތަކާ އެމީހުންނާ ދިމާކުރުން” އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ ރާއްޖެއެތެރެވާ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އަހަރު ތެރޭގައި، ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގި އެއް ޑެޓާބޭސްއެއް ގާއިމްކުރެވިގެންދާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.

Ads by Allied Insurance
  1. ނުކުރާނަމޭ

    މިހާތަނަށް ދިވެހިން ޕީއެޗްޑީ ނަގައިގެން އައުމަށް ފަހު އެމެން ކުރި ދިރާސާ އެއް އެބައޮތްތޭ އަދި އެމެން އުފެއްދި މޮޑެލް އެއް ދުނިޔޭގެ ސަމާލު ކަމަށް ނުވަތަ އައިއީއީއީ އަށް އައިސްފައި އެބައޮތްތޭ ނެތްދޯ މުޅިން ވެސް ޕީއެޗްޑީ ފަތިވަރު ފެންނަނީ ސަރުކާރުގެ މަތީ މަގާމެއްގައި ބަގުޑި ބައްދައިގެން އުޅޭ ތަނޭ މުއިއްޒު އެއީ ޕީއެޗްޑީ ސްޓްރަކްޗްރަލް އިންޖިނިއަރިންގް އޭނާގެ މާވަޑިކަމުގެ ދަށުން ހެދި ފެންއަރުވާ ވަޑާފެއިލްވީއޭ ދެން ޕީއެޗްޑީ ހަދައިގެން އައިސްތިބި މީހުން ފެންވަރެއް ނެތޭ މުއިއްޒުގެ ޕީއެޗްޑީ މަމެން ގަބޫލެއް ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ އަދި މާރިޔާގެ ވެސް ޕީއެޗްޑީ މަމެން ގަބޫލެއް ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ

  2. ކަނޑުކޮހުންނޭ

    ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ އެއީ ދަތި އުނދަގޫ ކަމެއް ކަމަށް ބުނަނީ ބާރުއޮތް ފަރާތް ކަމަށްވާ ސަރުކާރުންނޭ އެކަމަކު މަމެން އޭގެ އަސްލު ބަލާއިރު އެއީ އެހާ އުނދަގޫ ކަމެއް ނޫނޭ ސަރުކާރަށް ކެެރިފައި އަދި ސަރުކާރުގެ ކިބައިގައި އަމާނާތްތެރި ކަމާއި ތެދުވެރިކަން ހުރެއްޖެނަމަ އެކަން ނިންމާލެވޭނެ އެންމެ 6 މަސް ތެރޭގައި މިޔަގީން ކަން މަމެންނަށް އެބައޮތޭ ޑޮލަރު ކިއޫ ރައީސް ޔާމީން ނިންމާލީ އެންމެ ދުވަހަކުން މީ ނަމޫނާ އަކަށް ބަލާށޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ