Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 61 އަހަރުގެ މީހަކު ހައްޔަރަށް

ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 61 އަހަރުގެ މީހަކު ހައްޔަރަށް

ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެއްގައި 61 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ކުރިކަމުގެ މައްސަލަ އެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން 61 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރުގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އޭނާގެ ބަންދަށް ގޮތަށް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުން އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ އާއިލާ މީހެކެވެ.

<strong>ނޯޓު:</strong> ޖިންސީ ސީރިޔަސް ކުށްތަކުގެ ހާދިސާ ހިނގިތަނާއި ވަނަވަރާ ހާމަ ކުރުމަކީ ގާނޫނުގައި މަނާކަމަކަށްވާތީ ތަފްސީލުުތައް ނުހިމަނަމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް