Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުވައްމުލަކުގައި ހުރި އެންމެ ދުވަސްވި އަންހެން މީހާ ނިޔާވެއްޖެ

ފުވައްމުލަކުގައި ހުރި އެންމެ ދުވަސްވި އަންހެން މީހާ ނިޔާވެއްޖެ
ފުވައްމުލަކުގައި ހުރި އުމުރުން އެންމެ ގިނަ ދުވަސްވި އަންހެން މީހާ، ސަންފާ މަނިކެ (ދޭލިގޭ ތުއްތު މަނިކެ) ނިޔާވެއްޖެއެވެ. އުމުރުން 95 އަހަރުގެ ސަންފާ މަނިކުގެ ނިޔާވީ އިއްޔެ ވަގުތެއްގައެއެވެ. ސަންފާ މަނިކެ އަކީ ވަރަށް ގެވެހި ދިރިއުޅުމެއްގައި ހަރަކާތްތެރިކޮށް އުމުރު ހޭދަ ކުރި މީހެކެވެ. އުމުރުން 95 އަހަރުގައި ނިޔާވިއިރުވެސް ސިއްހީ މާ ބޮޑު މައްސަލަތަކެއް ދިމާވެފައެއް ނުވެއެވެ. ފުވައްމުލަކުގެ ތާރީހު ދިރާސާކުރާ އަހުމަދު ސައީދު ބުނީ ސަންފާ މަނިކެ އުފަންވި ކަމަށް ރެކޯޑްތަކުން ދައްކަނީ 1929 ވަނަ އަހަރު ކަމަށެވެ.
ސައީދު ބުނީ ސަންފާ މަނިކެއަކީ ރަށުގެ ބޮޑެތި އާއިލާތަކާ ގުޅިފައިވާ އަދި މާލޭ ޝާހީ އާއިލާތަކާވެސް އާއިލީ ގޮތުން ގުޅިފައިވާ މީހެއް ކަމަށެވެ. އޭނާއަކީ މާލޭ ކަނޑޫދޫގޭ އިބްރާހިމް ކަލޭގެފާނުގެ މެދުގެ ތުއްތު މަނިކެގެ، ފުވައްމުލަކު ގޫފާވަތި ދޮންމަނިކެގެ ފާތިމާ މަނިކެގެ ސަންފާ މަނިކެއެވެ.
ފާތިމާ މަނިކެ އާއި ޝެއިޚް ހުސެއިން ސަލާޙުއްދީންއާ ދެބޭފުޅުންނަކީ އާއިލީ ގޮތުން ދެވަނައެވެ. އަދި ސަންފާ މަނިކެއާއި ފަޟީލަތުއްޝެއިޚް މުހައްމަދު ޖަމީލް ދީދީ އާއި ޝެއިޚް މޫސާ ޖަމީލް ( ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު)އާއި 3 ބޭފުޅުންނަކީވެސް އާއިލީ ގޮތުން 3 ވަނަ ބޭފުޅުން ކަމަށް ސައީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް