ޚަބަރު

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ޑރ. ރަމްޝާ ނިޔާވެއްޖެ

އައިކާ ޔުނާން ، ދެން އޮންލައިން

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދެވި އައިޖީއެމްއެޗްގެ ކުރީގެ ސާޖިކަލް މެޑިކަލް އޮފިސަރު ޑރ. އައިމިނަތު ރަމްޝާ ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ކަރުން މަތީގެ ކެންސަރަށް ޑރ. ރަމްޝާ ފަރުވާ ހޯއްދަވާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

އެ ބައްޔަށް ޑައިގްނޯސް ކުރެވުމާއެކު އޭނާ ވަނީ އިތުރު ފަރުވާއަށް ދިރިއުޅުން ތައިލެންޑަށް ބަދަލުކުރައްވައިފައެވެ. ޑރ. ރަމްޝާ ނިޔާވެފައިވަނީ ވެސް ބެންކޮކްގަ އެވެ.

ޑރ. ރަމްޝާގެ ވަކިވުމާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ޑރ. ރަމްޝާއަކީ ސިއްހީ ދާއިރާގެ ބޮޑު ބައިވެރިއެކެވެ.

ދިރިއުޅުން ތައިލެންޑަށް ބަދަލުކުރެއްވި ފަހުން ވެސް އޭނާ ވަނީ ސިއްހީ ދާއިރާއަށް އެކިއެކިި ގޮތްގޮތުން ހިދުމަތް ކުރައްވައިފައެވެ. ކޮވިޑް-19ގެ ލޮކްޑައުން ދުވަސްވަރުން އޮންލައިންކޮށް ދިވެހިންނަށް ބައްޔާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރެއްވިއެވެ.

ތައިލެންޑަށް ބޭސްފަރުވާއަށްދާ ގިނަ ދިވެހިންނަށް އެހީ ފޯރުކޮށްދެމުން ދިޔަ ޑރ. ރަމްޝާއަކީ ވަރަށް ހިތްހެޔޮ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!