ޚަބަރު

އެސްއެސްސީ އިމްތިހާނު ނުނިންމައި ދަރިވަރުންތަކެއް ފިލި ވާހަކަ ދޮގުކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން

މި މަހު ކުރިއަށްދާ ސާނަވީ އިމްތިހާނުގެ އެސްއެސްއީ ދިވެހި މާއްދާގެ ޕޭޕަރު ނުނިންމައި ދަރިވަރުންތަކެއް ފިލައިގެން ދިޔަ ކަމަށް ބުނާ ވާހަކަ ތައުލީމީ ވުޒާރާއިން ދޮގުކޮށްފިއެވެ.

Ads by MWSC

'އެކްސް' ގައި މީހަކު ވަނީ މި ޕޭޕަރު ކުރިއަށް ދިޔަ ވަގުތު ހުޅުމާލޭ ރެހެންދި ސުކޫލުގެ ފަސް ދަރިވަރަކު، އިމްތިހާނު ހޯލުން ނިކުމެ ސުކޫލުން ފިލައިގެން ގޮސްފައިވާ ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން “ދެން” އިން ސުވާލުކުރުމުން ތައުލީމީ ވުޒާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ތެދުވާހަކައެއް ނޫން ކަމަށެވެ.

އެ ވުޒާރާއިން ބުނީ އިމްތިހާނު ހަދައި ނިމި، ޕޭޕަރު ވެސް ނެގި ފަހުން ދަރިވަރަކު ފާހަނާއަށް ދިއުމަށް ފަހު އެނބުރި ހޯލަށް ނުވަދެ ގެއަށް ދިޔަ ކަމަށެވެ.

އޭގެ އިތުރަށް އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެނގިފައިވާ ގޮތުން އެ ދަރިވަރުން ދިޔައީ ސްކޫލު ގޭޓް މަތިން ފުންމާލައިގެނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!