Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވާދަކުރާނެ މީހަކު ނެތި ފުނަދޫ ކައުންސިލް ގޮނޑި ޕީއެންސީއަށް

ވާދަކުރާނެ މީހަކު ނެތި ފުނަދޫ ކައުންސިލް ގޮނޑި ޕީއެންސީއަށް

ހުސްވެފައިވާ ށ. ފުނަދޫ ކައުންސިލުގެ އަންހެން މެންބަރުގެ ގޮނޑިއަށް ވާދަނުކުރާނެ މީހަކު ނެތުމުން އެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީ އަށް ލިިބިއްޖެއެވެ.

ފުނަދޫ ކައުންސިލުގެ ބައި-އިލެކްޝަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 8 ވަނަ ދުވަހަށެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ، ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ފުނަދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް ކުރިމަތިލާފައިވަނީ އާމިނަތު ޔުމްނާ (މާބަގީޗާގެ/ ށ. ފުނަދޫ) ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެހެންވެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޔުމްނާ އިންތިހާބުވެއްޖެކަން އާންމުކޮށް އަންގައި އީސީން ވަނީ އިއުލާންކޮށްފައެވެ.

ފުނަދޫ ކައުންސިލުގެ އަންހެން މެންބަރުކު ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީއަށް ލިބިފައިވާއިރު ދާދި ފަހުން ބޭއްވި ބައި-އިލެކްޝަންތަކުގެ ހަތަރު ގޮނޑިއެއް އެ ޕާޓީން ވަނީ ހޯދާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް