Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މީހަކު ބަރަހާނަކޮށް، ފައިސާ ފޭރުނު މައްސަލައެއް

މީހަކު ބަރަހާނަކޮށް، ފައިސާ ފޭރުނު މައްސަލައެއް

މާރާމާރީ ހިންގައި މީހަކަށް ބިރުދައްކައި އިންޒާރުދީ، ބަރަހާނާކޮށް ވީޑިއޯ ނަގައި، ފައިސާ ފޭރިގަތް މައްސަލައެއް ގައި މީހަކު އަދިވެސް ނުފެންނާތީ، ފޮޓޯއާއި ވަނަވަރާއެކު ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފި އެވެ.

ފުލުހުން ހޯދަނީ ޝަފީގު އިބްރާހީމް، ސ. ހިތަދޫ، ސޯމާ (34އ) އެވެ.

އޭނާ ހޯދަމުންދަނީ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން އެ މީހާ އަށް ތުހުމަތު ކުރަނީ މީހަކަށް ވަޅިން ބިރުދައްކައި ހުއްދަނޫން ގޮތުގައި އެމީހާ ހިފަހައްޓައި މާރާމާރީ ހިންގުމާއި، ބިރުދައްކައި އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި، ވީޑިއޯކޮށް އޭނާގެ ބެންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފައިވާ މައްސަލައިގައި އެވެ.

ފުލުހުންގެ ތަހުގީގަށް ވަކި މީހަކު ހާޒިރުކުރަން ބޭނުންވެގެން، ދިރިއުޅޭ ތަނެއް ނޭނގިގެން ޗިޓު ރައްދު ނުކޮށްދެވޭ ހާލަތުގައި ފޮޓޯއާއި ވަަނަވަރުު އާންމުކޮށް ހާޒިރުވާން އެންގުމަކީ ފުލުހުންނަށް ގާނޫނުން ލިބިދޭ ބާރެކެވެ.

އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް