Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާބަނޑު އަންހެނަކަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

މާބަނޑު އަންހެނަކަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

މާބަނޑު އަންހެނަކަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ހަމްދާން ހަލީލް ނަމަކަށް ކިޔާ އައިޑީއަކުން ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ، މާބަނޑު އަންހެނަކަށް އޭނާގެ ބައްޕަ އާއި ކުޑަ ކޮއްކޮގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށެވެ. އޭނާ ވަނީ އެ ޕޯސްޓާއެކު އަނިޔާގެ ނިޝާންތައް ކަމަށް ބެލެވޭ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ.

ޕޯސްޓު ނިންމާލަމުން، އޭނާ ވަނީ އެ އަންހެން މީހާއަށް އިންސާފު ލިބޭނެތޯ މޯލްޑިވްސް ޕޮލިސް ސާވީސް ޓެގްކޮށް ސުވާލު އުފައްދާފައެވެ. އެ އަންހެން މީހާ ގުޅޭ އިތުރު ތަފްސީލެއް އެ ޕޯސްޓުގައެއް ނެތެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/Shifan4040/status/1790413094616973667

މި ޕޯސްޓު މިހާރު ދަނީ ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމް ތަކުގައިވެސް ދައުރުވަމުންނެވެ. މީހަކު 'އެކްސް' ގައި ހިއްސާކުރި ޕޯސްޓަށް ޖަވާބުދެމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން ދަނީ އެ ހާދިސާ، ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ތަހްގީގުކުރަމުން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް